ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރާ ނައްތާލައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ބަނގުރާ މިއަދު ނައްތާލައިފިއެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފައިވާ ބަނގުރަލަކީ 2023 ޖެނުވަރީން ފެށިގެން 2023 ޑިސެންބަރާއި ހަމައަށް ހަނިމާދޫ އިންޓަނޭޝްނަލް އެއާޕޯޓުން ފުރަން ގޮސްފައިވާ ފަތުވެރިންގެ އަތުން ނަގައި އެއާޕޯޓްގެ އޭވިއޭޝަން ކޮމާންޑްގެ ބެލުމުގެ ދަށަށް ގެނެވި ހަނިމާދޫ ފުލުހުންނާއި ހަވާލުކޮށްފައިވާ ބަނގުރަލެވެ. މިއަދު ނައްތާލާފައިވަނީ 126 ފުޅި ބަނގުރަލެވެ.

އިޝްތިހާރު
އިޝްތިހާރު

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ބަނގުރާ ނައްތާލުމުގެ މިހަރަކާތުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސައީދު އާއި ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ އިންޗާޖު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަބޫބަކުރު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ