ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އަންނަ ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމާލެވޭނެ: ރައީސް

ޚަބަރު ފަހުގެ

ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އަންނަ ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި އަދި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެތަންތަން ހަވާލުކުރުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ހަވާލު ކުރައްވާނެ ކަމަށެވެ. އެ މަސައްކަތް މިހަފުތާއާއި އަންނަ ހަފުތާގައި ކުރިއަށްގެންގޮސް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ގުޅިފަޅާއި، ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމުށް ތައްޔާރުވަމުން އަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފްލެޓަށް އެދި 20،697 މީހުން ފޯމު ހުށަހެޅިއިރު އޭގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވާކަމަށް ކުރީ ސަރުކާރުން ނިންމެވިއެވެ. އަދި ފުރަތަމަ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް ކުރީ ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ