ސީނިއާރ ހޭންޑް ބޯޅަ މުބާރާތުގެ ފެށުން ޣާޒީ ހައުސް އާއި ފާށަނާ ހައުސް ރަނގަޅު ކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއާރ ހޭނޑް ބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން ޣާޒީ ހައުސް އާއި ފާށަނާ ހައުސް ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ފެށުނު މިއަހަރުގެ ސީނިއާރ ހޭންޑް ބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ޣާޒީ ހައުސް އަދި ދޮށިމޭނާ ހައުސް އެވެ. ވަރަށް ވާދަވެރި ކުޅުމަކަށްފަހު 7 ލަނޑު 8 ލަނޑުން މެޗު ކާމިޔާބު ކުރީ ޣާޒީ ހައުސް އެވެ. މި މެޗުގައި ޣާޒީ ހައުސް ލަނޑު ތައް ކާމިޔާބު ކޮށްދިން ގޮތަށް ބަލާއިރު، ޣާޒީ ހައުސްގެ އައިމިނަތު ލަޔާން އަދި އައިމިނަތު ރާނިޔާ ވަނީ ކޮންމެ ކުޅުންތެރިއެއް 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ދެން ބާކީ ލަނޑުތައް ޣާޒީ ހައުސްއަށް ކާމިޔާބު ކޮށްދިނީ ރައިމާ އަލީ، ފާތިމަތު ސާޔާ، އައިމިނަތު ނަޒާތު އަދި އާޔާ އަލީ އެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި ދޮށިމޭނާ ހައުސްގެ ލަނޑުތައް ކާމިޔާބުކޮށްދިން ގޮތަށް ބަލާއިރު، ދޮށިމޭނާ ހައުސްގެ އައިޝަތު އަލްމާސާ ވަނީ 4 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އައިޝަތު އުމާމާ އަލީ 2 ލަނޑު އަދި އައިޝަތު ލީނާ ވަނީ ދޮށިމޭނާ އަށް އެއް ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޣާޒީ ހައުސްއަށް 2 ލަނޑު ކާމިޔާބުކޮށްދިން އައިމިނަތު ލަޔާންއެވެ.

މިއަދުގެ ދެވަނަ މެޗުގައި ފާށަނާ ހައުސް ވަނީ ފަސޭހަ ކަމާއިއެކު 16 ލަނޑު 4 ލަނޑުން ހުރަވީ ހައުސް އަތުން މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ފާށަނާ ހައުސްގެ ލަނޑުތައް ކާމިޔާބުކޮށްދީ ފައިވާ ގޮތަށް ބަލާއިރު، ފާށަނާ ހައުސްގެ ފާޠިމަތު ނާޝް ވަނީ 9 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އައިމިނަތު ދީނާ ވަނީ 3 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ. އަދި ފާޠިމަތު ނީމް، ސާނިހާ މުޙައްމަދު، އަޒްކާ އަޙުމަދު ޙަމީދު، ޝަބާ ޢަބްދުﷲ ރަޝީދު ކޮންމެ ކުޅުންތެރިއެއްވަނީ އެއް ލަނޑު ފާށަނާ ހައުސް އަށް ކާމިޔާބު ކޮށްދީފައެވެ.

މިއަދުގެ މެޗުގައި ހުރަވީ ހައުސްގެ 2 ލަނޑު މަރްޔަމް ރަޒާން ކާމިޔާބު ކޮށްދީފައިވާ އިރު، ބާކީ 2 ލަނޑު ކާމިޔާބު ކޮށްދިނީ ހަމްދޫނާ އާދަމް އަދި މަޒާޔާ އިބްރާޙިމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާށަނާ ހައުސްއަށް މިއަދުގެ މެޗުގައި 9 ލަނޑު ކާމިޔާބު ކޮށްދިން ފާޠިމަތު ނާޝްއެވެ.

މި މުބާރާތުގައި މާދަމާ ހަވީރުވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު 4:00 ގައި ފުރަތަމަ މެޗުގައި ޣާޒީ ހައުސް ވާދަކުރާނީ ފާށަނާ ހައުސް އާއިއެވެ. އަދި މާދަމާގެ ދެވަނަ މެޗު 5:00 ގައި ދޮށިމޭނާ ހައުސް ވާދަކުރާނީ ހުރަވީ ހައުސް އާއިއެވެ. މި މުބާރާތުގެ މެޗުތައް ކުޅެމުންދަނީ ޒުވާނުން މަރުކަޒުގެ މެޓް ޓާފްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ