ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކޮށްފި

ޚަބަރު ފަހުގެ

ށ.ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީން ކަނޑުވި ދެމީހުން ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މި ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބޭއިރު، މި މީހުން ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކަށް ކަމަަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގީ އެ ޑިންގީ، ށ.މިލަންދޫން ފުރައިގެން ހދ.ކުޅުދުއްފުށްޓަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ޑިންގީ ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 10:23 ގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ