އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ފަހުގެ ސިޔާސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އިޝްތިހާރު
އިޝްތިހާރު

މާލޭގައި 27 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އަތޮޅު ތެރޭގައި 95 ރަށެއް ގައި ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. މިޕްރައިމަރީގައި 25،325 މީހުންނަށް ވޯޓް ލެވޭއިރު މިހާރު ހަމަޖެހިފައިވާ ގޮތުންނަމަ 40 ދާއިރާއެއްގައި ޕްރައިމަރީ އޮންނާނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެކި ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ