ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން ކުރި އިއުލާނެއްގައި ބުނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރަން ގުރުނެގުން މާދަމާ މެންދުރު 14:30އިން ފެށިގެން ހަވީރު 18:30ގެ ނިޔަލަށް ދަރުބާރުގޭގައި އޮންނާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ގުރުނަގާ ތަަނަށް ހާޒިރުނުވެވޭ ކެންޑިޑޭޓުންގެ ބަދަލުގައި ހާޒިރުވާ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ސިޓީ ގެންދަންޖެހޭނެ ކަމަށް އީސީން ބުނެ އެވެ. ނަމަވެސް ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ފަރާތެއް ހާޒިރުނުވާ ނަމަ އެ ކެންޑިޑޭޓެއްގެ ގުރުނަގާނީ އީސީގެ ފަރާތުން ކަމަށް ބުނެފައިވެ އެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު 381 ފަރާތަކުން ވަނީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅާފަ އެވެ.

މަޖިލިސް އިންތިހާބަށް ޕާޓީތަކުގެ ފަރާތުންނާއި އަމިއްލަ ގޮތުން ވެސް ކެންޑިޑޭޓުން ވާދަކުރަން ހުށަހަޅާފައިވެ އެވެ.

ޕާޓީތަކަށް ބަލާއިރު ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމުން 90 ކެންޑިޑޭޓަކު ވާދަކުރާ އިރު، އެމްޑީޕީން 89 ކެންޑިޑޭޓަކު ވާދަކުރާނެއެވެ. ޑިމޮކްރެޓްސް އިން 41 ކެންޑިޑޭޓުން ވާދަކުރާ އިރު، ޖުމްހޫރީ ޕާޓީން 10 ކެންޑިޑޭޓުން، އަދާލަތު ޕާޓީން ހަތަރު ކެންޑިޑޭޓުން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން މަސައްކަތްކުރައްވާ ޕީއެންއެފަށް ނިސްބަތްވާ 49 ކެންޑިޑޭޓުން ހިމެނެ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އީސީން ނިންމި ތާރީހަކީ އަންނަ މަހުގެ 17 އެވެ. ނަމަވެސް ރޯދަ މަސްނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ރައްޔިތުން މަޖލީހުން މިހާރު އޮތީ ފާސްކޮށްފަ އެވެ.

ވިހި ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރާނެ އެވެ. މިހާރުގެ މަޖިލީހުގައި ތިއްވަނީ 87 މެންބަރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ