ހަނިމާދޫ ކައުންސިލުން ކަނބަލުންނަށް މަސްރޭހެއް ބާވަނީ!

ހަނިމާދޫ ފަހުގެ

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކަނބަލުންނަށް ހާއްސަކޮށްގެން ހަނިމާދޫ ކައުންސިލުން މަސްރޭހެއް ބާވަން ނިންމައި ބައިވެރިވާން ހުޅުވައިލައިފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މި ރޭސް ކުރިއަށް ގެންދަނީ “ކަނބާ މަސްރޭސް 2024” ނަމުގައި 08 މާރިޗު 2024 ވާ ހުކުރު ދުވަހު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 5 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލުން ދޫކުރާ ފޯމު ފުރިހަމަކުރުމަށްފަހު ހުށައެޅުމަށް އެކައުންސިލުން އެދެއެވެ.

މި މަސްރޭހުގައި މުއައްސަސާއެއްގެ ނަމުގައި ނުވަތަ އަމިއްލަ ޓީމެއްގެ ނަމުގައިވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޮންމެ ޓީމެއް ގައިވެސް ގިނަވެގެން ބައިވެރިކުރެވޭނީ 8 ބައިވެރިންނެވެ. އަދި މަދުވެގެން 4 ބައިވެރިން ހިމެނެންޖެއެވެ. އަދި ޓީމުގައި ހިމެނޭ 8 ބައިވެރިންގެ އިތުރުން ދޯނީގެ ކައްޕި އަދި ފަޅުވެރިންގެ ގޮތުގައި 3 ފިރިހެނުން ގެންދެވޭނެ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

މިއީ ހަނިމާދޫ ކައުންސިލުން ކަނބަލުންނަށް މި ފަދަ މުބާރާތެއް ހިންގާ ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ