ރަމަޟާން މަހާއި ޝައްވާލުގެ ފުރަތަމަ 7 ދުވަހު ކެއުންބުއިމުގެ ޚިދުމަތް ދެވޭނެ ގަނޑިތައް އިއުލާނުކޮށްފި

ޚަބަރު ފަހުގެ

ރަމަޟާން މަހުގައި ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު އިއުލާނުކޮށްފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ ރަމަޟާން މަހުގައި ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ވަގުތަކީ ފަތިހު 4:30 އިން ފެށިގެން މެންދަމު 3:00 އާ ދެމެދުކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

އާންމުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައިވެސް ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވައި ބަންދުކުރުމުގައި އެ އިއުލާނުގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ