ހަނިމާދޫ މިވަގުތު މިވަނީ 9 ޖޫން2021 އިން ފެށިގެން އެޗްޕީއޭގެ ފަރާތުން މޮނިޓަރިންގެ ހާލަތައް ގެނެވިފައެވެ. އަދި ހަނިމާދޫގެ ކައުންސިލުން މިވަނީ ހަރުކަށި ފިޔަވަޅު ތަކެއް އެންމެހާ ރައްޔިތުންގެ ރައްކަލަށްޓަކައި ރަށުތެރެއަށް ގެނުވާފައެވެ. މިވަގުތު ރަށުގެ ގޭބީސީތަކަށް ބަލާއިރު 100 އަށްވުރެ ގިނަ ގެ ވަނީ ހެލްތުސެންޓަރުން ކަރަންޓީނަށް ލާފައެވެ.
އެހެނަސް ކަރަންޓީނު ކުރުމުގައި ތަފާތު ކުރުންތަކެއް ގެންގުޅެމުން ދާވަހަކައާއި އެޗްޕީއޭގެ މޮނިޓަރިންގ ގަވާއިދާ ތަފާތު އުސޫލްތަކެއް ގެންގުޅެމުންދާ ވާހަކައިގެ އަޑު އަޅުގަނޑުގެ ކަންފަތުގައި އެކި ރައްޔިތުންގެ ފަރާތުން މި ދަނީ މިއަދު އަޑު އިވެމުންނެވެ.
މިހެންވުމާއެކު މިދެކެވޭ އެކި އެކި ވާހަކައިގެ އަސްލު ހޯދުމަށް އަޅުގަނޑު ޖެހިލީމެވެ. ދެކެވޭ ވާހަކައިގެ ތެރޭގައި ،
- ބަޔެއް ގެތަކުގައި 9 ވަނަ ދުވަހު ޕޮޒިޓިވްވި ދެބެންއާއި ކޮންޓެކްޓް ވި ފަރާތްތައް ނެގެޓިވްވި ނަމަ ވެސް މުޅިގޭގެ އެންމެނާއެކު 14 ދުވަހުގެ ކަރަންޓީނުގައި ތި ބި ވާހަކައެވެ.
- ވަކި ބަޔެއް ގެތަކުގައި އެދެބެންނާއި ކޮންޓެކްޓްވި ފަރާތްތައް ރިޒަލްޓު އަދި ނުލިބި ވަކި ކޮޓަރިއެއްގައި ކަރަންޓީނު ކުރުވާ ގޭގެ ބާކީ ފަރާތްތައް އާންމު އެހެން މީހުންނެކޭ އެއްފަދައިން އެގެތަކުގައި އުޅުމުގެ އިހްތިޔާރު ދީފައިވާ ވާހަކައެވެ.
- ބަޔެއް ފަރާތްތައް 9،7 އަދި 10 ޖޫންގައި ސާމްޕަލް ނަގާއި އެކަމަކު އެކަހެރި ނުވެ ނުކުމެ އާންމު ހާލަތުގައި އުޅުނު ވާހަކައެވެ.
- ރަށުގެ ޕޮޒިޓިވްވި ޑޮކްޓަރު ސާމްޕަލް ނެގުމައްފަހުމެ ނަތީޖާ ލިބުމާ ދެމެދު ރަށުގެ ބައެއް އުމުރުން ދުވަސްވީ ފަރާތްތަކަށް ހޯމް ކޮންސަލްޓޭޝަން ދީފައިވާ ވަހަކަވެސް ހިމެނެއެވެ.
- އަދި މާލޭން ރަށުގެ ފަރާތަކާއެކު އައިސް ހޯމް ކަރަންޓިީނުގައި ކަމަށް ތިބިބަޔަކު ނިކުމެ އާންމު ތަންތަނަށް ގޮސްފައިވާ ކަމުގެ އާނމުންގެ ޝަކުވާހިމެނެއެވެ.
މީ ހައްތަހާވެސް އިތުރަށް ކަންބޮޑުވާން ޖެހުނު ވާހަކަތަކެކެވެ. އަދި އެހާމެ ރަނގަޅަށް ހަނިމާދޫ 2020 އޭޕްރީލް އިން ފެށިގެން މިއަދާ ހަމައަށް އައިސް މިފަދަ ލުއި އަދި ތަފާތު ގޮތަކަށް އަމަލު ކުރެވެމުން މިދަނީ ކީއްވެތޯ ސުވާލު އުފެދެން ފެށި ދުވަހެކެވެ.
ޕޮސިޓިވް 6 ކޭސް އެއްފަރާތް އަނެއްފަރާތާއި ގުޅިފައިވާކަމަށް ލިބިފައިވާ މަޢްލޫމާތް އެހެން ލިޔުމެއްގައި ހިއްސާކުރާނަމެވެ. އަދި ލިބިފައިވާ މަޢުލޫމާތައް ބަލާއިރު 9 ވަނަ ދުވަހު ޕޮޒޮޓިވްވި ދެބެންނަކީ މިފަހަރު ފުރަތަމަ ހަގީޤަތުގައި ވައިރަސްއަށް ފައްސިވި ފަރާތްކަމަކަށް ނުބެލެވެއެވެ.


