ހަނިމާދޫ އިން ނަގާ ބިމާ ބެހޭ ސައްހަ މައުލޫމާތު ދޭނެ ސަރުކާރުގެ މުއައްސަސާއެއް އިދާރާއެއް ނެތީހެއްޔެވެ.

ހަނިމާދޫ ރިޕޯޓް ފަހުގެ

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ވީއިރުގައި ހަނިމާދޫ ބިމެއް ނަގާ ވާހަކައެއް ނުދައްކައެވެ.

ފަހުން ސަރުކާރުން ބުނަމުން ދިއައީ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބޭންކުގެ ލޯނު ފައިސާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއްކަމަށެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2،460 މީޓަރުގެ އާ ރަންވޭއަކާއި 111000 އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރެވޭނެކަމަށެވެ. އަދި 624000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް އެގްޒިމްބޭންކުގެ ލޯނު އެހީގައި ހަދާ ހަނިމާދޫ އެއާޕޯޓް ބިޑިން ޕްރޮސެސް ފެށުމަށް ކުޑަތަން ވެފައި ވަނިކޮށް ކުއްލިއަކަށް ހަނިމާދޫ ބޮޑު ބިމެއް ނަގަން ސަރުކާރުން ހަނިމާދޫ ކައުންސިލަށް ސިޓީއެއް ފޮނުވިއެވެ.

އެއީ 23 މާޗް 2021 ހުގައެވެ. އޭގައި ވަނީ އެއާޕޯޓް ތަރަގީކުރަން އިތުރު ކުރާ ބިމުގެ ގޮތުގައި 853،937 ކަފޫޓް އިތުރު ކޮށްދިނުމަށެވެ. އަދި އެ ބިމުގައި އެމްއެންޑީއެފް އަށް ދޭން ބޭނުންވާ ބިން ވެސް ވާކަމަށެވެ.

ނަމަވެސް އޭރު ކައުންސިލުުން ބުނީ އެފަދައިން އެވަގުތު ބިމުގެ ކަންތައް ކުރުން ކައުންސިލުގެ މައްޗަށް ލޯކަލް ގަވަރމެންޓު އޮތޯރިޓީން މަނާކޮށްފައިވާތީ، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ބަހެއް ނުހޯދާ ހައުސިން މިނިސްޓްރީއިން އެދިފައިވާ ބިން އިތުރުކޮށްދެވެން ނެތްކަމަށް އޭރު އޮތް ކައުންސިލުން ވަނީ ބުނެފައެވެ.

އައު ކައުންސިލް ހުވާ ކުރުމާއެކު އަނެއްކާވެސް ބިންހޯދަން ސިޓީ އައެވެ. ހަމަ އެއް ބިމެކެވެ. މިފަހަރު އެދުނީ ހަމައެކަނި ލޭޑްޔޫސް ޕުލޭނަށް އެބައި އިތުރު ކޮށްދިނުމަށެވެ.

މިހާހިސާބަށް ދިޔައިރު ރައްޔިތުންނަށް މިކަން ތިލަވެ އެބިންދޭން ރައްޔިތުން ދެކޮޅުހަދަން ފަށައިފިއެވެ. އެއާއެކު މިނިސްޓަރ ފަޔާޒު ޓީވިއަށް އަރާ ބިމުގެ ވާހަކަ ދަކަވަން ޖެހުނެވެ.

މިނިސްޓަރ ދެއްކެވި ވާހަކަ ” އަޅުގަނޑުމެން ބިން ކަނޑައަޅާފަ އެއޮތީ ބިން ސެކުއާ ކުރެވޭގޮތަށް، އެތާ މީހުންގެ ގޯތިއަޅާފައި ހުރިއްޔާ އެއާޕޯޓް ބޮޑުކުރުމުގެ ފުރުސަތު ވަރަށްބޮޑަށް ކުޑަވެގެންދާނެ، އެވިދާޅުވާ 853،937 އަކަފޫޓަކީ އޭގެތެރޭން އެއް ބަޔަކީ އެއަރޕޯޓް އެކްސްޕޭންސަނަން ބާއްވާފައި އޮތް ބައެއް، އަނެއް ބަޔަކީ އެމްއެންޑީއެފް ގެ ނޮދަން ކޮމާންޑް ސެންޓަރު މާފިލާފުށި ހުރިހާ އޮޕަރޭޝަނެއް އެއްކޮށް ހަނިމާދޫއަށް ބަދަލުކުރުމަށް ބާއްވާފައި އޮތް ބައެއް…..ދެން އޮތް ތަނަކީ އެއަރޕޯޓް އާއި ގުޅިގެން ސިޓީހޮޓަލެއް ރިސޯޓް ގޮތަށް ތަރައްގީކުރަން އޮތްބިމެއް…މިއީ އަޅުގަނޑުމެން ޕުލޭން…

މަނިކާފު ތިޔަބުނުއްވާ ބިންރައްކާ ކުރުން ސާފުވާގޮތެއް ނުވެއެވެ. ރައްކާކުރާ ބިމެއްގައި ކޮން ސިޓީ ހޮޓަލެއްތޯ ތިޔައަޅުއްވަނީ؟ ހޮޓަލާ އެއަރޕޯޓާ ސީދާ ގުޅޭތޯ މިވެސް ކޮށްލަން ޖެހޭ ސުވާލެކެވެ.

މިނިސްޓަރ ފައްޔާޒުގެ ނުސީދާ އިންޒާރެއްވެސް ވަނީ މި ނޫސް ކޮންފަރެންސްގައި ހަނިމާދޫ ރައްޔިތުންނާއި އަމާޒު ކޮށް ފޮނުވާލާފައެވެ. “އެ ބޭފުޅުން އެތަނުން އެއަރޕޯޓް ނަގަން ބޭނުންވެއްޖެއްޔާ އެތަނުން އެއަރޕޯޓްވެސް އަޅުގަނޑުމެން ނަގާނެ” މިހެންނެވެ. ދަންނަވަންތޯއެވެ. އެއަރޕޯޓް މަޝްރޫޢު އަށް ރަށުތެރެއިން ބިން ނުނެންގިވިޔަސް އެއަރޕޯޓް ބޮޑު ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. ވެފައިވާ ރިޔާސީ ވައުދު ފުރިހަމަ ކުރައްވާށެވެ. ހަނިމާދޫ ރައްޔިތުން މާޔޫސް ކޮށް ނުލައްވާށެވެ. ހއ އަދި ހދ ގައި އެންމެ ފަހުން އެޅި ދެ އެއަރޕޯޓް ވެސް އެޅީ ބިން ހިއްކައިގެންނެވެ. މިކަހަލަ ބަދަލެއްވެސް މަޝްރޫޢަށް ގެނެސް، ރައްޔިތުންގެ ޝުއޫރުތަކަށް އިހްތިރާމް ކުރެވެން ނެތީ ހަމަ ހަނިމާދޫ ވީމަތޯ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ