ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޖެންޑާ ޗެމްޕިއަންގެ ލަގަބު އަރުވައިފި

ޚަބަރު ފަހުގެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޖެންޑާ ޗެމްޕިއަންގެ ލަގަބު އަރުވައިފިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް މިނިސްޓަރު ޝާހިދު ކުރައްވާ މަސައްކަތްޕު ފާހަގަކޮށް، ޝާހިދަށް އެ ލަގަބު އަރުވާފައި ވަނީ ނިޔު ޔޯކަށް ޝާހިދު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ނިޔު ޔޯކްގައި ތިއްބަވާ އަންހެން ސަފީރުންނާ ޝާހިދު ބޭއްވި ބައްދަލުވުމެއްގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ބައްދަލުވުމުގައި ބައިވެރިވި ސަފީރުން ވަނީ އ.ދގެ އާންމު މަޖިލީހަކީ މިންތީގެ ހަމަހަމަކަން ގާއިމު ކުރެވިފައިވާ އޮފީހަކަށް ހައްދަވާނެ ކަމަށް ޝާހިދު ވައުދުވެވަޑައިގަންނަވާފައި ވާކަން ފާހަގަ ކޮށްފައެވެ. އަދި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމު ވެފައިވާ ޕެނަލްތަކުގައި ކަމަށްވެސް ވައުދުވެވަޑައިގެންފައި ވާކަމަށް ފާހަގަ ކޮށްފައި ވެއެވެ.

އޭގެ އިތުރުން މިންތީގެ ހަމަހަމަކަމާއި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ގުޅޭ ތަމްރީނުތައް އފުރިހަމަ ކުރުމަށް އެމަނިކުފާނުގެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރުވާނެ ކަމަށް ނިންމަވާފައި ވާތީ، ސަފީރުން ވަނީ އެކަމަށްވެސް މިނިސްޓަރަށް މަރުހަބާ ދައްނަވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދުގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ދެބައިކުޅަ އެއްބަޔަކީވެސް އަންހެނުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ