ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓަށް 3349 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކޮމަންޑޫ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 3309 އެވެ. އެހެންކަމުން އިތުރަށް ޕްރިންޓްކޮށްފައިމިވަނީ 40 ކަރުދާހެވެ.
މި އިންތިހާބުގައި ޖުމްލަ ހަތް ފޮށި ބަހައްޓަން އިލެކްޝަންސުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެއީ ކޮމަންޑޫގައި ދެ ފޮށި ފޯކައިދޫގައި ދެ ފޮށި މަރޮށީގައި އެއް ފޮށި އަދި މާލޭގައި ދެ ފޮށްޓެވެ.


