ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޒް އަބްދު ﷲ އިހްސާން މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ޖޭއެސްސީން އޭނާ މަގާމުން އިސްތިއުފާދިންކަމުގެ ޔަގީންކަންދީފައިވާއިރު، ޖޭއެސްސީން ބުނީ ޤާޟީ އިޙްސާން އިސްތިއުފާ ދެއްވައި އެކަން ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ.
އޭނާ ފަނޑިޔާރުކަމުގެ މަގާމުން މިއަދުން ފެށިގެން ވަކިވެފައިވާއިރު،އިޙްސާން މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ އޭނާއާއި ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދަނިކޮށެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވާފައިވާއިރު، މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ޖޭއެސްސީން ވަނީ ޤާސީ އިހްސާން 60 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
މިކަމާއި ގުޅިގެން ޖޭއެސްސީން ބުނީ އޭނާ ސަސްޕެންޑްކޮށްފައިވަނީ ޤާޟީގެ މައްޗަށް ރައްދުވާގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ޖޭއެސްސީން އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެ އެވެ.


