ރާއްޖޭގެ ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަންކޮށްފި

ޚަބަރު ފަހުގެ

މި ބޭފުޅުން މަގާމަށް އައްޔަންކުރެއްވިކަން ހާމަކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މި ހަތަރު ބޭފުޅުން މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޖިސްޓްރޭޓް ކަމަށް އަލަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ މަރިޔަމް ޢާސިރާ
ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ޙުސައިން ރަމީޒު
ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ފަތުޙުﷲ ޢަލީ
ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ ދިޔާނާ މަޖީދު

ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ރަށްރަށާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކަކީ ޝަރުޢީ ނިޒާމުގެ އެންމެ ތިރީ ގިންތީގެ ފުރަތަމަ މަރުޙަލާގެ ކޯޓުތަކެވެ. މި ކޯޓުތަކުން އެ ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ޢާންމު ޝަރުޢީ މައްސަލަތަކާއި، ޢާއިލީ މައްސަލަތައް އަދި ޖިނާއީ އަދި މަދަނީ މައްސަލަތައް ބަލައި ހިންގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ