ހިޔާ ފްލެޓްގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކޮށްފި

ޚަބަރު ފަހުގެ

ހިޔާ ފްލެޓް ސަރަހައްދުގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފިއެވެ. މި ޕޮލިސް ސްޓޭޝަން ހުޅުވާފައިވަނީ ހިޔާގެ H4 ވަނަ ޓަވަރުގައެވެ.

ހުޅުމާލެ ހިޔާ ސަރަހައްދުގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމީއްޔާތު ރޭ ބާއްވާފައިވާއިރު މި ޕޮލިސް ސްޓޭޝަން ހުޅުވާދެއްވާފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރު އަލީ ނަޒީރު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕޮލިސް ސްޓޭޝަން ހުޅުވުމާ ގުޅޭގޮތުން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއީ ރައްޔިތުންނާ ގާތުން ފަސޭހަކަމާ އެކު ފުލުހުންގެ ހިދުމަތް ދިނުމަށް މުހިންމު ފެށުމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ