ނާޒިމް ސައްތާރުގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ރަސްދޫ ކޯޓަށް ހާޒިރުކޮށްފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ލިވާތު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނާޒިމް ސައްތާރުގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ދާދި ދެންމެއަކު އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފިއެވެ.

ސިއްރު ކޮށްގެން ނާޒިމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ރަސްދޫ ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު ބަންދަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ވަނީ ޖަހައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޯޓުގައި ބޭއްވި އަޑުއެހުން ނިމި ގިނައިރުތަކެއްވީއިރުވެސް ކޯޓުން ނުނިކުމެ ކޯޓުގައި އޭނާވަނީ މަޑުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ނާޒިމް އިއްޔެ ރަސްދޫއަށް ގެންދިއުމުގެ ކުރިން “ވީއައިޕީ ބޭފުޅަކު” ހައްޔަރު ކޮށްގެން ގެންދާކަމަށް މާލޭގައި ތިބި ފުލުހުން ރަސްދޫ ޕޮލިސް ސްޓޭށަނަށް އަންގާފާވާ ކަމަށާއި އޭނާ އެ ރަށަށް ފޭބި ވަގުތު ފޮޓޯ ނަގަން މަސައްކަތް ކުރި ފަރާތަކަށް ފުލުހުން ހުރަސްއެޅި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިއްޔެ ފުލުހުން ފެށި މި އޮޕަރޭޝަންގައި ނާޒިމްގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ