ޗެލްސީ ވެސް ބަލިކޮށް، ނިއުކާސަލްގެ ކުރިއަށް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ވެސް ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑުން ދުވެލި ދަމަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ނިއުކާސަލްއިން ޗެލްސީ ބަލިކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި ޖެހީ ވިލޮކްއެވެ. މިމޮޅާ އެކު ނިއުކާސަލްއިން ވަނީ ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެ ޕޮއިންޓަށް ކައިރިކޮށްފައެވެ. ނިއުކާސަލް ޔުނައިޓެޑް ތިންވަނައިގައި އޮތީ 30 ޕޮއިންޓާ އެކުއެވެ. ޗެލްސީ ވަނީ ތާވަލްގެ އަށްވަނައަށް ސޮއްސާލާފައެވެ. އެއީ 21 ޕޮއިންޓާ އެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ލީގުގައި ލެސްޓަރ ސިޓީ ވަނީ 2-0 ން ވެސްޓްހޭމް ޔުނައިޓެޑް ބަލިކޮށް، 12 ވަނައަށް ޖެހިލާފައެވެ. ނޮޓިންގހަމް ފޮރެސްޓް ވަނީ 1-0 ން ކްރިސްޓަލް ޕެލަސް ބަލިކޮށް، 18 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލަން ބޭނުންވަނީ މޮޅެކެވެ. 3-0 ން އެވަޓަން ބަލިކޮށް، ބޯންމައުތް ވަނީ 13 ވަނައަށް ޖެހިލާފައެވެ. އެވަޓަން އޮތީ 17 ވަނާގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ