އިވްނިންގް ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި

ޚަބަރު ފަހުގެ

މާލޭގައި ހުންނަ އިވްނިންގ ކެފޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާތީ ކައިރި އިމާރާތްތަކުން ހުސްކުރި މީހުން އެނބުރި އިމާރާތްތަކަށް ވަނުމުގެ ހުއްދަ ދީފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ އިރުއޮއްސި 18:12 ގައެވެ. ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 19:22 ހާއިރުއެވެ.

މި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. މި ހާދިސާގައި ކެފޭ އަށް ބޮޑެތި ގެއްލުން ވިޔަސް ފުރާނައަށް ނުރައްކާވާ ވަރުގެ ގެއްލުމެއް އެއްވެސް މީހަކަށް ލިބިފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ