ހަނިމާދޫގައި ކަސަބު ވިޔުމުގެ ޕްރޮގްރާމެއް ފަށަން ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހަނިމާދޫ ފަހުގެ

ހދ. ހަނިމާދޫގައި ކަސަބު ވިޔުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ނިންމައި، ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔު.ޑީ.ސީ) އިން އިސްނަގައިގެން ކުރިޔަށް ގެންދާނެ ޕްރޮގްރާމެއް ކަމަށް އެ ކޮމެޓީއިން ހާމަކުރައްވާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޑަބްލިޔު.ޑީ.ސީއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ކަސަބު ވިޔުމުގެ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރ މަސް ތެރޭގައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިކަން ހުރި ހަނިމާދޫގެ ރައްޔިތުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އައިޑީކާޑުގެ ކޮޕީއަކާއެކު ނަން ނޯޓްކުރުމަށް ވަނީ އެދިފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަޤާފަތާ ގުޅިފައިވާ ކަސަބު ވިޔުމުގެ ހުނަރު ރައްކާތެރިކޮށް، އާލާކޮށް، މި ހުނަރު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އަންހެނުންނަށް އިޤްތިޞާދީ ގޮތުން ކުރިއެރުން ލިބި، އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފުޅާވެގެންދާނެ ކަމަށް ވެސް އެ ކޮމެޓީ ލަފާކުރެވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ