ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ޚަބަރު ފަހުގެ

ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގައި ދިޔަވަމުންދަނީ “ރާސްތާ” ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެކެވެ. ފުލުހުން ބުނީ މި ދޯނި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ފުވައްމުލަކާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިދާރާއާ ހިއްސާކޮށްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ.

އެމްއެންޑީއެފުން މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދުގެ މެންދުރުފަހު 15:08 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ދިޔަވަމުންދާ އެ ދޯނީގައި ފަސް މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބިދޭސީއެކެވެ.

ފުލުހުން ބުނީ ހާލުގައި ޖެހިފައިވާ މި އުޅަނދަށާއި އުޅަނދުގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ