ލާމަރުކަޒީ ނިޒާމުގައިވެސް ހަމަހަމަކަމާއި އިންސާފު ނެތީ ތޯ؟

ރިޕޯޓް އިޖުތިމާޢީ ފަހުގެ

ލާމަރުކަޒީ ނިޒާމުން ގައުމުގެ ކަންތައް ބިނާކުރުމަށްޓަކައި އިދާރީ ގޮތުން ރަށްތައް ބަހާލެވިފައިވެއެވެ. އެގޮތުން ބަހާލެވިފައި ވަނީ ސިޓީ އަދި އަތޮޅުތަކަށެވެ. މިގޮތުން ހދ އަތޮޅަށް ބަލައިލަމާ ތޯއެވެ.

ހދ އަތޮޅުގައި ފުރަތަމަ ވެރިކަންކުރެވުނީ ނޮޅިވަރަމްފަރުގައި ކަމަށް ވެއެވެ. ސަބަބުތަކެއް މެދުވެރިވެ ހދ ކުޅުދުއްފުށީގައި ވެރިކަންކުރަން ފަހުން ފެށުނެވެ. އެއާއެކު އަތޮޅުގެ ވެރިކަން އެރަށުގައި ކުރެވެން ފެށުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

2019 ވަނަ އަހަރު ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށް އެކަން އިއުލާނުކުރައްވާފައެވެ. އެއާއެކު އަތޮޅު ވެރިކަން އެހެން ރަށަކަށް ބަދަލުވެގެން ދާނެކަމަށް މުޅި ހދ އުއްމީދުކުރިއެވެ.

advertisement

މި އުންމީދުތައް ފެނަށް ދިޔައީ 2020 ވަނަ އަހަރު އިއުލާން ކުރެވުނު ލޯކަލް ކައުންސިލް އިންތިހާބާ އެކުއެވެ. ވާނީ އެހެންނޫން ހެއްޔެވެ. ކުޅުދުއްފުށީއަށް ސިޓީގެ ދަރަޖަދީ ސިޓީ ކައުންސިލެއް ހޮވާއިރު އެރަށުން ބޭނުން މީހަކަށް ހދ އަދޮޅު ކައުންސިލަށް ކުރިމަތިލެވެއެވެ. ހަމަ އެގޮތަށް އެ މެންބަރު ހޮވަން އެސިޓީގެ މީހުންނަށް ވޯޓުވެސް ލެވެއެވެ. އަޅެ މީ ކިހާ ހަމަނުޖެހޭ، އިންސާފެއްނެން ކަމެއް ނޫން ހެއްޔެވެ.

ދިވެހިރާއްޖޭގެ ފުރަތަ ސިޓީއަށް ބަލައިލަމާ ހިނގާށެވެ. އޭރުން އިހު ބުނި ބަހުގެ ތެދުކަން އިގިގެން ހިނގައިދާނެއެވެ. މާލެ ސިޓީ މީއީ ރާއްޖޭގެ ފުރަތަމަ ސިޓީއެވެ. މާލެ، ހުޅުމާލެ، އަދި ވިލިގިނލި ހިމެނޭހެންނެވެ. އެއީ ރާއްޖޭގެ ކ. އަތޮޅަށް ނިސްބަތްވާ ރަށްތަކެއް ނޫން ހެއްޔެވެ. ނަމަވެސް ކ. އަތޮޅުގައި ވެރިކަން ކުރަނީ ތުލުސް ދޫގައެވެ. އެ އަތޮޅު، އާދެ ކ. އޮތޮޅު ކައުންސިލަށް މެންބަރު ހޮވަން މާލެ ސިޓީ މީހުން ވޯޓެއް ނާޅައެވެ.

މާލެ ސިޓީ ކ.އަތޮޅުން ނެގިގޮތަށް ކުޅުދުއްފުށި ސިޓީ ހދ.އަތޮޅުން ނުނެގީ ކީއްވެ ހެއްޔެވެ. މާލެ ސިޓީއާ މެދު ނުވިސްނާ ކ.އަތޮޅުގެ އެހެން ރަށްތަކަށް ސަމާލުކަން ދިނުމަށް ކ.އަތޮޅު ޚާލިސްކުރި ގޮތަށް، ހދ އަތޮޅު ކައުންސިލުން ބޮޑު ސިޓީއަކަށް ފޯކަސްނުކޮށް ހދ ގެ ބާކީ ރަށްތަކަށް ފޯކަސްކުރުމުގެ ފުރުޞަތު ނުދިނީ ކީއްވެ ހެއްޔެވެ. ހދ ގެ ބާކީ ރަށްތަކަށް ދޭ ސަމާލުކަން އިތުރުވެދާނެތީ ބާވާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ