ހަނިމާދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލް ނިންމޭވަރުގެ ގާބިލުކަމެއް ހުރި ސަރުކާރެއް، މިނިސްޓަރެއް، ކޮންޓެކްޓަރެއް ނެތީތަ؟

ހަނިމާދޫ ރިޕޯޓް ފަހުގެ

” ދެން ހަނިމާދޫގެ މަލްޓި ޕާޕޯސް ހޯލް ނިންމާލާފަ އޭޕްރީލްގައި ހަވާލު ކުރެވޭނެ”

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިވިގެން ތިޔަ ތަފާތު ވާހަކަ ތަކުތެރޭގައި ތައުލީމީ ވުޒާރާގެ މިނިސްޓަރު ވިދާޅުވި މިބަސް ވެގެން ދިޔައީ މުޅި ހަނިމާދޫ ރައްއިތުން އުފަލުން ފޮޅުވާލި ބަސްކޮޅަކަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަމަނާ އެހެން ވިދާޅުވީ އެ އިންތިހާބުގައި ވާދަކުރާ އެމް.ޑީ.ޕީގެ ކެނޑިޑޭޓުންނާއި ރައީސް ނަޝީދު އަދި ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވި ބަައްދަލު ކުރެއްވުމުގައެވެ. އެއީ 2021 ވަނަ އަހަރުގެ ފެބުރުއަރީ 28 ވަނަ ދުވަހުގެ ރޭ ކުރިޔަށްދިޔަ ޕްރޮގުރާމެކެވެ.

އެ އުންމީދުގައިވެސް ކަންނޭގެއެވެ. ހަނިމާދޫ ރައްޔިތުން ނުކުމެ ސަރުކާރަށް ކައުންސިލުގެ 4 ގޮނޑިވެސް ދީފިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތަށް އެތަށް ހުރީ ހަވާލުކޮށް ނިންމައިފައެވެ. އެކަމަކު ހަނިމާދޫ ސްކޫލަކާ ނޫނެވެ. މަސްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރީއެވެ. އެއީ އެތަނުގެ މަސައްކަތް ހަވާލުކުރެވުނު 3 ވަނަ ކުންފުންޏެވެ.

އާދެ މިނިސްޓަރ ވިދާޅުވީ އެތަން ނިންމުމަށްފަހު ހަވާލު ކުރެވޭނެ ވަހާކަ އެއް ނޫނޭނުން ހެއްޔެވެ. ވަކި ބަޔާކާ ހަވާލުކުރާ ވާހަކަ އެެއްވެސް ނުބުނޭތާއެވެ. އެހެން ވީމާ މިހެން ވެސް ވެދާނެއެވެ. ނިންމާނެ ދުވަހަކު ނިންމުމަށް ކޮންޓްރެކްޓަރަކާ ހަވާލު ކުރިޔަސް އެއޮތީ ހަމަ ހަވާލުކުރެވިފަތާއެވެ. ސިޔާސީ ކަން ހިނގާ އުސޫލުން މިނިސްޓަރުގެ ބަސް އިތުރަށް މާނަކޮށް ދޭ ބަޔަކު މާނަ ކޮށްދިނީމާ ވާނީ ހަމަ މި ބުނި ގޮތަށް ކަންނޭނގެއެވެ.

މިހާރު އެތަނުގައި މަސްކަތްކުރާ ފަރާތާއި ތައުލީމު ވުޒާރާއާ ދެމެދު ވެފައިވާ އެބަސްވުމުގެ މައުލޫމަތު ސާފު ނުވިޔަސް ފުރަތަމަ ހަނިމާދޫ ސްކޫލްގެ މަލިޓިޕާޕޯސް ހޯލް ހަދަން ހަވާލުކުރީ 4.2 މިލިއަން ރުފިޔާއަށް، އައިލެންޑް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ. ބިން ހަވާލުކުރާތާ، 5 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެ އެއްބަސްވުން އެކުލަވާލީ 2016 ވަނަ އަހަރުގެ މާރޗު މަހު 15 ވަނަ ދުވަހުއެވެ. އެބައި މީހުންނަން މަސައްކަތް ނިންމިފައިނުވާތީ އެހެން ބަޔަކާ ހަވާލުކުރިއެވެ. އޭގެ ފަހުން މަސައްކަތް ހުއްޓިފައި ވަނިކޮށް އެހެން ބަޔަކާ މަސައްކަތް ހަވާލުކުރެވިފައި ވީނަމަވެސް އަދި ހުރީ އިމާރަތް ނުނިމިއެވެ.

ތައުލީމީ ވުޒާރާ މިނިސްޓަރ ބުނި ތާރިހު ހަމަވިއިރު ތަނުގެ ހާލަތު؛

  • ތަނުގެ ސްޓޭޖު ނުނިމޭ
  • ސީލިނގު ރޫޅިފައި އަދި ހަލާކުވާން ފަށާފަ
  • އިމާރާތުގެ ހޮޅަނގު ފަރާތުގެ ފުރާޅުން މިހާރުވެސް އެތެރެޔަށް ފެން ފައިބާ ދިމާތައް އެބަހުރި
  • 40 ވުރެ ގިނަ ދޮރު ހަރުކުރަން ޖެހޭތަނެއްގައި އެއްވެސް ދޮރެއް ނެތް. ދޮރު ލިބޭނެ ތާރިހެއް ނޭނގެ
  • ފާހަނަ ހުރީ ނުނިމި، ދެފާހަނަ ހުރިއިރު ހުރީ އެއްތަނެއްގައި
  • ފެނުގެ ހިތުމަތް އަދި ލެވިފައި ނެތް
  • އިމާރަތުގައި ހުރީ ވަގުތީ ކަރަންޓު، ދާއިމީ ކަރަންޓު ލެވޭނެ ދުވަހެއް ނޭނގެ
  • ސިޑީގައި ސަލާމަތީ ފިޔަވަޅު ނެތް
  • ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އިސްޓޭޖަށް އެރޭނެ ގޮތެއް ނެތް
  • އިމާރާތުގެ އެތެރޭގައި ފަންކާ އަދި ލައިޓް ހަރު ނުކުރެވޭ… ނަރުތަށް އުކައި ލާފަ

ބިޑު އެވޯޑްކަރަނީ އަޅެ ގާބިލު ބަޔަކު ބަލާފައެއް ނޫންހެއްޔެވެ. ގާތް މީހާއަށް ދެނީ ހެއްޔެވެ. ނޫނީ ބައެއް ލިބޭ ގޮތަށް ދެނީ ހެއްޔެވެ.
އެއްބަސްވުންތަކުގައި މަސައްކަތް ނުނިމިއްޖެ ނަމަ ބަދަލެއް ލިބޭނެ ފަދަ ، ތާރީހާށް ނިންމުމަށް ބާރު އަޅާ ކަމެއްވެސް ނެތީ ހެއްޔެވެ. މޮނިޓަރކޮށް ބަލާނެ ބަޔަކުވެސް ނެތީ ހެއްޔެވެ.

ނޫނީ ހަމަ، ހޯލް ވަރުގަދަ ކަމުން، އެތަން ނިންމާލެވޭނެ ވަރުގެ ގާބިލު ކުންފުންޏެއް ނެތީ ހެއްޔެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ