ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 80 އަށް

ޚަބަރު ފަހުގެ

ރާއްޖޭގައި ކޮވިޑް ޖެހިގެން ބުރާސްފަތި ދުވަހު 6 މިހަކު ނިޔާވިއިރު، މިރޭ ވެސް މިވަނީ ކޮވިޑް ގެ ބަލިމީހަކު ނިޔާވެފައެވެ.

މިރޭ ނިޔާވެފައިވަނީ އައިޖީއެމްއެޗް ގެ އަވަސްފަރުވާއަށް ގެންދިޔަ މީހެކެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވް ކަން އެނގުނީ ނިޔާވި ފަހުން ހެދި ކޮވިޑް ޓެސްޓުންނެވެ. މިމީހާ ނިޔާވުމުން ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދުވަނީ 80 އަށް އަރާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބުރާސްފަތި ދުވަހު  ނިޔާވި މީހުންގެ ތެރޭގައި ފުރަތަމަ މީހަކީ ޢުމުރުން 77އަހަރު ގެ ދިވެހި އަންހެނެކެވެ. އޭނާއަށް ފަހު މެންދުރު 12.30 ގައި ދިވެހި ފިރިހެނަކު ނިޔާވެފައިވެއެވެ. އެއީ ޢުމުރުން 83 އަހަރުގެ މީހެކެވެ. ބުރާސްފަތި ދުވަހު 3 ވަނައަށް ނިޔާވެފައިވަނީ އއ. ރަސްދޫއިން ނިޔާވި އިންޑިއާ މީހެކެވެ. ބުރާސްފަތި ދުވަހު  ނިޔާވި 4 ވަނަ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ޢުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޮވިޑް ބަލީގައި ބުރާސްފަތި ދުވަހު  ނިޔާވި 5 ވަނަ މީހަކީ ކޮވިޑް 19 ގެ އެކްޓިވް ކޭސްގެ ގޮތުގައި އެތައް ސަތޭކަ ކޭސް ފެނިފައިވާ ނައިފަރު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ޢުމުރުން 97 އަހަރުގެ ދިވެހި އަންހެނެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ