ކުޅުދުއްފުށީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި އެމްއެންޑީއެފް މީހަކު ، ރައްޔިތުން ނުކުމެ ފުލުހުންނާ ހަވާލު ކޮށްފި

ޚަބަރު ފަހުގެ

ކުޅުދުއްފުށީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެމްއެންޑީއެފް މީހަކު ރައްޔިތުން ނުކުމެ ފުލުހުންނާ ކޮށްފިއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކަށް ކަމަށާއި ނަމަވެސް އުމުރު ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައްޔިތުން ވެގެން އެމީހާ ފުލުހުންނާ ހަވާލު ކުރާ ވީޑިއޯތަކެއް މީސްމީޑިއާގައި މިހާރު އެބަ ދައުރުވެއެެވެ. އެވީޑިއޯތަކުގައި ފެންނަ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދަށް އެެއްވެފައެވެ. އަދި ފުލުހުން ވަނީ ވެހިކަލަށް އަރުވައިގެން އެމީހަކު ގެންގޮސްފައެވެ.

https://twitter.com/MvCrisis/status/1391501784275820546?s=19

މިފަދަ މައްސަލަތައް މިފަހަކަށް އައިސް ރާއްޖޭގައި އަންނަނީ ގިނަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ