ހއ.އަތޮޅުން ފެށިގެން ބ އަތޮޅާއި ދެމެދުގެ ރަށްތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ބ އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު 15:30 އިން 18:30 އާއި ހަމައަށެވެ.
އަދި އެ އިންޒާރުގައި ބުނެފައި ވަނީ ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
އެ އިންޒާރުގެ މުއްދަތު ހަމަވާނީ އިރުއޮއްސި 6:30 އަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ


