ކޮވިޑު އިތުރު މަރެއް، އަދަދު 93އަށް!

ޚަބަރު ފަހުގެ

ކޮވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ރޭ ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ރޭ ދަންވަރު 1:39 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ. މިއީ ރާއްޖެއިން ކޮވިޑުގައި ނިޔާވި 93 ވަނަ މީހާއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ވަނީ އިތުރު 5 މީހުން ކޮވިޑުގައި ނިޔާވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން ފަސް މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އެގޮތުން ހިމެނެނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ 86 އަހަރުގެ މީހަކާއި 64 އަހަރުގެ މީހެއްގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ މީހަކާއި އައިޖީއެމްއެޗްގެ އީއާރްއަށް އިއްޔެ މެންދުރު ގެންދިޔަ 78 އަހަރުގެ މީހެއްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 63 އަހަރުގެ އަންހެނެކެވެ.

ދުވާލެއްގެ މައްޗަށް ކޮވިޑުގައި މަރުވާ މީހުން އިތުރުވަމުން އަންނަ އިރު ހޮސްޕިޓަލް ތަކުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 259އަށް އަރާފައެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ