އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ އިންސާނީ ޙަައްޤެއް ނޫން ކަމަށާއި އެއީ މިނިވަން ކަމެއް ވެސް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްފުޅު ތަކަށް އިންކާރުކޮށް އެކަންކަމާމެދު ހިތަށްއެރިހާ ވާހަކައެއް ދެއްކުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކުން ބަލާއިރު ވަރަށްބޮޑު ކުށެއް ކަމަށާއި އެއީ އިންސާނީ ޙައްޤެއް ނޫން ކަމުގައެވެ. އަދި މިނިވަން ކަމެއްވެސް ނޫން ކަމުގައި ޝެއިޚް ވިދާޅުވެފައިވެއެވެ.
ޝެއިޚް އަލީ ޒާހިރު މިފަދައިން ވިދާޅުވެފައިމިވަނީ މީގެ ދުވަސްކޮޅެއް ކުރިން “އުތެމަ” އޭ ކިޔުނު އަމިއްލަ ޖަމިއްޔާއަކުން އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓެއް ތައްޔާރުކޮށް ނެރެފައިވަނި ކޮށެވެ. މިދިޔަ އަހަރު މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކުން (އެމްޑީއެން) ވެސް ވަނީ މިފަދަ ރިޕޯޓެއް ނެރެފައެވެ.


