ކުޅުދުއްފުށިން ފަހުން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން، އިތުރު ދެ މީހަކު ޕޮޒިޓިވްވެ އަދަދު 8ކަށް އަރައިފި އެވެ. މިއަދު ޕޮޒިޓިވްވި ދެ މީހުންނަކީވެސް ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްވެ ކަރަންޓީނުގައި ތިބި ދެ މީހުންނެވެ.
މިދެ މީހުންނަކީވެސް އަންގާރަ ދުވަހު ޕޮޒިޓިވް 34 އަހަރު މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވި ކަރަންޓީނު ފުރިހަމަކުރަމުންދާ މީހުންނެވެ. ފުރަތަމަ ފަހަރު ޓެސްޓް ކުރުމުން ދެ މީހުންވެސް ނެގެޓިވްވިކަމަށް ދެއްކި އެވެ. ފަހުން ރޯގާގެ އަލާމާތް ހުރެގެން ޓެސްޓްކުރުމުން ވަނީ ޕޮޒިޓިވްވެފަ އެވެ.


