ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސަކަށް ފިރާޤް މުޙައްމަދު

ހަނިމާދޫ ޚަބަރު ފަހުގެ

ތިލަދުންމަތީ ދެކުނުބުރީ ހދ.ހަނިމާދޫ ކައުންސިލްގެ ނައިބު ރައިސް ކަމަށް ފިރާޤް މުޙައްމަދު އައްޔަނުކޮށްފިއެވެ.

ފިރާޤް ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި، ޖަލުސާގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. މިމަގާމަށް ކުރިމަތިލީވެސް ފިރާޤް މުޙައްމަދު އެކަންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޖަލުސާގައި ވަނީ ކައުންސިލް ހިންގާ ގަވާއިދު މިހާރު އޮތްގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައެވެ. މި ކަމަށްވެސް ފާސްކުރީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ހަނިމާދޫ ކައުންސިލަށް މިފަހަރު އިންތިހާބުވެފައިވަނީ އެމްޑީޕީގެ 4 ކައުންސިލަރުންނާއި ޖޭޕީގެ 1 ކައުންސިލަރެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަދި ނައިބުރައީސް ކަންވެސް ފުރަމުންދަނީ އެމްޑީޕީ މެންބަރުންނެވެ. ރައީސަކީ ޢަބްދުއް ސައްތާރު ޙަސަނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ