ކުޅުދުއްފުށިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިތިވް ވެއްޖެއެވެ. އެގޮތުން އިއްޔެ ޕޮޒިޓިވްވެފައިވަނީ 77 އަހަރުގެ މީހަކާއި 4 އަހަރުގެ
ފަހުން މި ފެނުނު ދެ ކޭސްއަކީ މިމަހު 11 ވަނަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވްވި މީހާއާ ގުޅުން ހުރި ދެމީހުންނެވެ. މި ދެ ކޭސްއާއި އެކު އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފަ އެވެ. އަދި ކުޅުދުއްފުށިން ޖުމްލަ ޕޮޒިޓިވްވި އަދަދު މިވަނީ 11 އަށް އަރާފަ އެވެ.
މި ކްލަސްޓާއާއ ގުޅިގެން މިހާތަނަށް 27 މީހަކު ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ފާހަގަ ކުރެވިފައިވާއިރު 11 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކުޅުދުއްފުށީގައި މިވަގުތު ދެ ކްލަސްޓާއެއް އުޅޭއިރު ފުރަތަމަ ފެނުނު ކްލަސްޓާއިން ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން 3 މީހުން މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. އެއީ ފަޅު ބޯޓާއި ގުޅުން ހުރި ކްލަސްޓާއެވެ. ނަމަވެސް އެ ކްލަސްޓާއިން ފަހުން އެއްވެސް ފަރާތެއް ޕޮޒިޓިވް ވެފައިނުވާކަން ފާހަގަ ކޮށްލެެއެވެ.



