އިސްރާއީލް އާއެކު ހުރިކަން ހާމަކުރި ޓީޗަރަށް ފިޔަވަޅު އަޅާނަން: ހަނިމާދޫ ސްކޫލް

ޚަބަރު ފަހުގެ

އިސްރާއީލް އާއެކު ހުރިކަން ހާމަކުރި ޓީޗަރަށް ފިޔަވަޅު އަޅާނެކަމަށް ހަނިމާދޫ ސްކޫލުން މިއަދު ބުނެފިއެވެ.

ހަނިމާދޫ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަޤާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަންގެ ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށުދަރަޖައިގެ ޢަމަލެއް، ސޯޝަލް މީޑިއާގައި ފެނިފައިވާތީ، އެ ސްކޫލުން އެކަމާ ހިތާމަ ކުރާކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން، ޒަޔަނިސްޓް ޔަހޫދީ އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލްތައް ކުށްވެރިކޮށް، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ޙަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް
ނުވަނީސް، ސްކޫލްގެ ސްޓޭންޑާ ޚިލާފަށް އަދި މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާވެސް ޚިލާފަށް، އެ ޓީޗަރު ހިންގި ދަށުދަރަޖައިގެ ޢަމަލަކީ މި ސްކޫލުން އެއްގޮތަކަށްވެސް ބަލައިގަންނަ އަދި ބަލައި ގަންނާނެ ޢަމަލެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަމާއި ގުޅިގެން އެ ޓީޗަރާމެދު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށާއި ހަނިމާދޫ ސްކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުން އަދި އެންމެހައި ބެލެނިވެރިން، އަބަދުވެސް ތިބޭނީ ފަލަސްޠީނާ އެކުގައި ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

އެ ބަޔާން ނިންމާލަމުން އެ ސްކޫލުން ވަނީ ހައްދުފަހަނަ އަޅާފައިވާ އިޖްރާޢީލްގެ ލާއިންސާނީ ޢުދުވާންތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވުންއެދި ﷲގެ ޙަޟްރަތުގައި އިބްތިޙާލުވެ ދުޢާ ދަންނަވާކަަމަށް ވިދާޅުވެފައެވެ.

ފޮޓޯ : މުހައްމަދު ނާސިހު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ