އއ.ބޮޑުފޮޅުދޫ 4 ވަނަ ކައުންސިލްގެ ފުރަތަމަ ރަސްމީ 100 ދުވަސް އިފްތިތާހް ކޮށްފި

ޚަބަރު ފަހުގެ

އއ.ބޮޑުފޮޅުދޫ 4 ވަނަ ކައުންސިލް “އާ އަޒުމެއްގައި – ބޮޑުފޮޅުދޫ” މި ޝިއާރާއިއެކު ކައުންސިލް ގެ ފުރަތަމަ، ރަސްމީ 100 ދުވަސް އިފްތިތާހު ކުރަމަށް ވަރަށް ހާއްސަ ރަސްމިއްޔާތެއް ރޭ ކުރިއަށް ގެންގޮސްފިއެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްގެ ސިޔާސަތުތައް ބަހާލެވިފައިވާ މައިގަނޑު 7 ބައި ވަނީ ރައްޔިތުންނާއި ހިއްސާކޮށް އެކަންތައް އިފްތިތާހު ކޮށްފައެވެ. އެބައިތަކަކީ

އިޝްތިހާރު
އިޝްތިހާރު

  1. އަހްވަންތަ ވެރިން
  2. ރަށްވެހި މުވައްޒަފުން
  3. ތަރުބަވީ މުޖުތަމަޢެއް
  4. ހުޅުދާން ޖީލެއް
  5. ހަށިހެޔޮ ރައްޔިތެއް
  6. ހިތްގައިމު ވެއްޓެއް
  7. ފުދުއްތެރި ޖަމާއަތެއް

މިއިން ކޮންމެ ބައެއްގެ ދަށުން، ފުރުތަމަ، ރަސްމީ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަނީ ރައްޔިތުންނާއި ހިއްސާ ކުރެވިފައެވެ.

އިތުރު ތަފުސީލަށް މި ފޮޓޯ އަށް ފިތާލާ

މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ ކައުންސިލްގެ މި ފަސް އަހަރުގެ ޓާރމް ތެރޭގައި ބޭނުން ކުރާނެ ތީމް ލަވަ ވަނީ އިފްތިތާހު ކުރެވިފައެވެ.

މި ރަސްމިއްޔާތުގައި، އެންމެ ހާއްސަ އެއް ކަމަކަށް ފާހަގަކުރެވިގެންދިޔައީ ކައުންސިލްގެ ފުރަތަމަ 100 ދުވަހުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެންމެ ތަފާތު އެއްކަމެއް ކަމުގައިވާ އަވަށުވެރިން ކަނޑައެޅުމާއި އަވަށުވެރިންނާއި ޒިންމާތައް ހަވާލުކުރުމެވެ.

އަވަށްތަކާއި އަވަށުވެރިން ކަނޑައެޅިފައިވާގޮތް

  • ހުޅަނގު ދެކުނުވިލި – ﷲއަބްދު ރިފާޒް / ކައުންސިލްގެ މެމްބަރު
  • އިރުދެކުނުވިލި – މުޙައްމަދު ނާޝިދު / ކައުންސިލްގެ މެމްބަރު
  • އިރު އުތުރުވިލި -– ފާތިމަތު ޒީލިޔާ / ކައުންސިލްގެ މެމްބަރު
  • ހުޅަނގު އުތުރުވިލި –- ޢާއިޝަތު އަލީ / ކައުންސިލްގެ މެމްބަރު

ފާއިތުވި 3 ދައުރު ވެސް އއ ބޮޑުފޮޅުދޫގެ ކައުންސިލްގެ ރައީސްކަން ކުރަށްވާފައިވާ، އަދި މިދައުރުގެ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި، އަވަށްތަކަށް ހާއްސަ ނަންތަކެއް ދެވި، ކައުންސިލް މެމްބަރުން އަވަށުވެރިންގެ ގޮތުގައި ކަނޑައެޅުމަކީ އަލަށް ތަޢާރަފު ކުރެވިގެންދިޔަ، ރައްޔިތުންނަށް ފައިދާކުރުވަނިވި ކަމެއްކަމަށް ވެގެންދާނެކަމަށެވެ.

އަވަށުވެރިން ކަނޑައެޅުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ރަށުގެ ރައްޔިތުންގެ އަޑު ގާތުން އަހައި، ކައުންސިލް މެމްބަރުންނަކީ ރައްޔިތުންނާއި ގާތުން ހިދުމަތްދޭ ބަޔަކަށް ހެދުންކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި އއ ބޮޑުފޮޅުދޫ ރައްޔިތުންނަކީ ކައުންސިލަށް ފުރިހަމައަށް އެއްބާރުލުންދޭ، ކައުންސިލާއެކު މަސައްކަތްކުރާ އަހްވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށްވުމާއެކު ، އާ އަޒުމެއްގައި ކުރިއަށްގޮސް، ކައުންސިލްގެ އަމާޒަށް ވާސިލްވެވޭނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށާއި ކައުންސިލްގެ މުވައްޒަފުންނަކީ ހީވާގި، ކެރޭ މުއައްޒަފުންތަކެއް ކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކައުންސިލްގެ އަމާޒަށް ވާސިލުވުމުގައި، އަދުގެ ސަރުކާރުން ރަށުގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކަކީ ޔަޤީންކަމާއެކު ސަރުކާރުން ހިންގައިދޭނެ މަޝްރޫތަކެއްކަމަށާއި، އިބްރަހީމް މުހައްމަދު ސާލިހްގެ މިސަރުކާރަކީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނޭ ސަރުކާރެއް ކަމަށާއި ރައްޔިތުން ސަރުކާރާއިމެދު ކުރައްވާ އުއްމީދު ފަނޑުނުކުރެއްވުމަށް ކައުންސިލްގެ ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޮޑުފޮޅުދޫ ކައުންސިލް ތީމް ލަވަ އަޑުއެހުމަށް ފިތަލާ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ