ހދ. ކުޅުދުއްފުށީ ސިޓީގައި އިއުލާނުކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ.
ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ11 ވަނަ ދުވަހު އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ12 ވަނަ މާއްދާގެ ދަށުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ބަލަން ކަނޑއެޅުނު ކަންކަން ބެލުމުން އިތުރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަދި މޮނިޓަރިންގެ ހާލަތުގައި އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން އުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ.



