ދިވެހިންގެ އެހީގެ “ގާފިލާ” އެއް ފަލަސްޠީނުގެ ރައްޔިތުންނަށް

ޚަބަރު ފަހުގެ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް ދިވެހިންގެ އެހީގެ “ގާފިލާ” އެއް ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދީފިއެވެ.

އައިއޭސީން ބުނީ، ދިވެހިންގެ އެހީގައި އެ ހަރަކާތުން ޣައްޒާ އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެހީގެ ގާފިލާއެއް ފޮނުވިފައި ވާކަމަށެވެ. މި ގާފިލާގައި ހިމެނެނީ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

  • 7000 ލީޓަރުގެ ތެޔޮ
    ބޭނުން ކުރެވިގެންދާނީ އެންމެ ގަދައަށް ހަމަލާދެވުނު ޣައްޒާގެ ދެކުނުގައި އޮންނަ “ބައިތު ހަނޫން” އަށް ބޮން އެޅުމުގެ ސަބަބުން ކަރަންޓު ނުލިބި، ފެނުން މަހްރޫމްވެފައި ތިބި ރައްޔިތުންނަށް މޯޓަރު މެދުވެރިކޮށް ފެން ނަގާ މެޝިނަށް ކަރަންޓް ފޯރުކޮށްދިނުމަށާއި، އުއްމީދަކީ ކަރަންޓު ޚިދުމަތް އަލުން ގާއިމް ކުރެވެންދެން އަޅުގަނޑުމެންގެ މި ޚިދުމަތް ދެވުން ކަމަށެވެ. މީގެ ސަބަބުން 70،000 (ހަތްދިހަ ހާސް) ރައްޔިތުންނަށް ފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އުމީދު ކުރާކަމަށްވެސް އައިއޭސީން ބުނެއެވެ.
  • 500 އާއިލާއަކަށް އެއް މަސްދުވަހަށް ވާވަރަށް ކާބޯތަކެތީގެ ޕެކޭޖްތައް
  • 90 ފެން ރައްކާ ކުރާނެ ކަޅުހަން. ހަމެއް ނެތިފައި ތިބި 90 (ނުވަދިހަ) ގެއަކަށް.
  • މެޑިކަލް މުވައްޒަފުން ބޭނުންކުރުމަށް 60 މެޑިކަލް ކިޓް

އައިއޭސީން ހާމަކުރި ގޮތުގައި މިތަކެއްޗަކީ ޣައްޒާގެ އާއްމު ވިޔަފާރިތަކުން ހޯދާފައިވާ ތަކެއްޗެވެ. މިފަދައިން ތަކެތި ހޯދީ އޭގެ ސަބަބުން ޣައްޒާ އާރާސްތުކުރުމުގައި ހުރިހާ ގޮތަކުން އެހީ ވެވިގެން ދާނެތީ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

އަދި މި އެހީގެ ގާފިލާގެ ހުރިހާ ތަކެއްޗެއް ހަވާލުކުރެވިފައި ވަނީ ޣައްޒާގެ ސިޓީ ކައުންސިލާއި ކަމަށާއި މިތަކެތި ކައުންސިލްގެ ލަފާގެ މަތިން ބެހުމުގައި އައިއޭސީގެ ޕާރޓްނަރުން ހަރަކާތްތެރި ވާނެކަމަވެސް އައިއޭސީން ހާމަކުރެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވާން ބޭނުންވާ ބޭފުޅުން އައިއޭސީގެ ބޭންކް އެކައުންޓަށް ފައިސާ ފޮނުވައިގެން އެކަން ކުރެވޭނެއެވެ.
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަމްބަރު: 7770000026259 (ރުފިޔާ އެކައުންޓް)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ