ޒައްގޫމަށް އާފަލެކޭ ނުކިޔުވޭނެ، ޤާނޫނުގައި ޖެހިޔަސް އެކަމެއް ނުވާނެ: ޝައިޚް ޝަފީޢު

ޚަބަރު އިޖުތިމާޢީ ފަހުގެ

ޒައްގޫމަށް އާފަލެކޭ ނުކިޔުވޭނެ ކަމަށާއި، ޤާނޫނުގައި ޖަހައިގެން އެހެން ކިޔުވަން އުޅުނަސް އެއީ ވާނެކަމެއް ނޫންކަމަށް ޝައިޚް ޝަފީޢު ރޭ ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަފީޢު މިހެން ވިދާޅުވެފައި މިވަނީ، ނަފުރަތުގެ ޢަމަލުތައް ކުށަކަށް ހެދުމަށް ޤާނޫނުލްޢުޤޫބާތުގެ 124 ވަނަ މާއްދާގެ މާއްދާއެއް އިތުރުކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ހުށަހެޅުއްވި އިސްލާހާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހިސާން ހުށަހެޅުއްވި އިސްލާހުގައި ޢާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށްއުޅޭ ނުވަތަ ދެކޮޅު މީހަކުކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމާއި، އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމަޢުގެ މީހަކާމެދު ނަފުރަތު އުފެއްދުމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ.

advertisement

މި ގޮތުން ޝައިޚް ޝަފީޢު ވިދާޅުވީ ‏ޒައްގޫމަށް އާފަލެކޭ ނުކިޔުވޭނެ ކަމަށާއި، ޤާނޫނުގައި ޖަހައިގެން އެހެން ކިޔުވަން އުޅުނަސް އެއީ ވާނެކަމެއް ނޫން ކަމަށެވެ. އަދި އެކަމުން ނުކުންނާނީ އިތުރު ނަފުރަތާއި ރުޅިވެރިކަމެއްކަމަށް ވެސް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

”ދީނަށް ޖޯކު ޖަހާ މީހުންނަށް ލާދީނީ ނުކިޔޭނެ އެއްވެސް ގޮތެއް ނޯންނާނެ“ ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

ޝައިޚް އިތުރަށް ވިދާޅުވީ ‏މިއަދު ”އަހަރެންގެ ހިތްހަމަ ނުޖެހުން އޮތީ ޢަލްމާނީ މީހުންނާ މެދަކު ނޫން“ ކަމަށާއި، ”އެހެނެއްކަމަކު ޢަލްމާނީންނަށް އެބައިމީހުންގެ ލަނޑުދަނޑިއަށް ވާސިލުމަށް ފާލަމަކަށްވެގެން ތިބި ދީނީ ފިކުރުގެ މީހުންނާ“ މެދުގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ