އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓު އެ ރަށަށް ގެންގޮސްފި އެވެ.
ހަންޏާމީދޫ ބަންދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ބޮޑުހިލައިގެ ޝިޕްމެންޓު އެ ރަށަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 6،363.1 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 204 މީޓަރުގެ ބޭރުތޮއްޓަކާއި 266 މީޓަރުގެ އެއްގަމުތޮއްޓެއް ލާނެ އެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެ އެވެ.
ޖުމުލަ 32.2 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 29، 2019 ގައެވެ.


