ހަނިމާދޫ ބަނދަރު މަޝްރޫއަށް ބޭނުންވާ ހިލައިގެ ދެވަނަ ޝިޕްމެންޓް ހިފައިގެން އައި ބާޖު ހަނިމާދޫ ނެރުމައްޗަށް އުރިއްޖެއެވެ.
މިއަދު ހެނދުނު 8 ޖަހާކަށްހާއިރު ހަނިމާދޫ ނެރުމައްޗަށް އުރުނު ބާޖު، ފުންކުރުމަށް ކުރެވުނު މަސައްކަތުން 9:45 ހާއިރު ވަނީ ބާޖު ފުންކުރެވިފައެވެ.
މި ހިލަބާޖު ހަނިމާދޫ ބޭރުގައި އޮއްނަތާ ހަފުތާއަކަށް ވުރެ ގިނަދުވަސް ވަނީ ވެފައެވެ.
ހަނިމާދޫ ބަދަރު މަސައްކަތް ކުރަނީ އެމްޓީސީސީ ނެވެ. 2020 ވަނަ އަހަރު މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރީ 57.12 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއު ނިންމަން އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެއް ޕްލޭނިިން މިނިސްޓްރީންވަނީ އެމްޓީސީސީ އަށް ދީފައެވެ.


