ހަނިމާދޫ އަށް ދަތުރު ހުއްދަ ނުނަގާ އައި ޒުވާނަކު އަނބުރާ ފޮނުވާލަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ އަށް ދަތުރު ހުއްދަ ނުނަގާ އައި ޒުވާނަކު އަނބުރާ ފޮނުވާލުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެ ޒުވާނާ ހަނިމާދޫއަށް އައިސް ފައިވަނީ ކޮމަންޑޫ އިންކަމަށާއި އެ ޒުވަނާ ދަތުރު ހުއްދަ ނަގާފައި ނުވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އަޅުގަނޑުމެނަން އާއްމު ފަރާތަކުން ލިބުނު ޝަކުވާއަކާއި ގުޅިގެން މިބެލި ބެލުމުން މިއެގުނީ ހަނިމާދޫ ރިހެބަށް އައި ޒުވާނެއްކަން، އެ ޒުވާނާ ފަރުވާއަށް އައިކަން ރިހެބަށް ވެސް ނޭގެ ކަމަށް ވަނީ” ކައުންސިލް އޮފިސަރު ވިދާޅުވިއެވެ.

މިވަގުތު ހަނިމާދޫ ގައި އެ ޒުވާނާހުރީ ފުރަންވަދެން ގެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައެވެ. އެ އެންގުމާއި ޚިލާފު ވެއްޖެނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ކައުންސިލްގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ހަނިމާދޫ ގައި ހުރި ރިހެބު ހަނިމާދޫ ނޫން އެހެން ރަށަކަށް ބަދަލު ކޮށްދިނުމަށްއެދި ޕެޓިޝަނެއްގައި ސޮއިކުރުންވެސް މިދުވަސްކޮޅު ހަނިމާދޫގައި ކުރިޔަށް އެބަދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ