ހަނިމާދޫ ސްކޫލުން ދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ފުރިހަމަޔަށް ތައްޔާރު!

ހަނިމާދޫ ޚަބަރު އިޖުތިމާޢީ ފަހުގެ

ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން، ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލެއް މާދަމާ ހުޅުވާއިރު، ހަނިމާދޫ ސްކޫލްވެސް ވަނީ ނިއުނޯމަލް ކިޔަވައިދިނުމަށް
ފުރިހަމައަށް ތައްޔާރުވެފައެވެ.

ސްކޫލުތައް އަލުން ހުޅުވާއިރު، އެޗްޕީއޭ އިން ވަނީ ބެލެނިވެރިންނާއި ސްކޫލުތަކާއި ޓީޗަރުންނާއި ދަރިވަރުން ވެސް ޢަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިނެއް ދީފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ސްކޫލުން މަޢުލުމާތު ދެއްވިގޮތުގައި ނިއު ނޯމަލްގެ ގައިޑްލައިންގައި ވާގޮތުގެމަތިން ކަންކަން ވާނީ ހަމަޖައްސާފައެވެ. އެ ގޮތުން އެށް ދަންފަޅިޔަށް ކިޔަވާދިންދިނުން މިހާރު ދެ ދަންފަޅިއަށް ވަނީ ބަދަކުކޮށްފައެވެ. ހެނދުނު ފުރަތަމަ ދަންފަޅި ކުދިން ހާޒިރުވާނީ 7:00 ން 10:15 ގައެވެ. ދެވަނަ ދަންފަޅި ކުރިޔަށް ދާނީ 11:00 ން 14:15 އަށެވެ.

ކުރިން 30 ކުދިން އެފަހަރާ ކިޔެވި ކުލާސްތަކުގައި މިހާލަތުގާ ތިބޭނީ ގިނަވެގެން 16 ނުވަތަ 15 ކުދިނެވެ. އެއީ އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން 3 ފޫަޓް ދުރުމިން ބެހެށްޓުމަށް ގެނެވިފައި ވާބަދަލެކެވެ.

މާދަން ކިޔަވައިދޭން ފަށާއިރު، ދަރިވަރުން ސްކޫލަށް ކިޔަވަން ދާނީ ކޮންމެ ހަފްތާއަކުވެސް 4 ދުވަހުއެވެ. ކޮންމެ ދުވަހަކުވެސް 45 މިނިޓްގެ 4 ޕީރިއެޑް ދަރިވަރުންނަށް އޮންނާނެއެވެ. ގްރޭޑް 2 ކުން މަތީގެ ދަރިވަރުންނަށް އޮންލައިން ކުލާސްތައް ވަކި އުސޫލަކުން ކުރިޔަށް ގެންދާނެ ކަމަށް ހަނިމާދޫ ސްކޫލުން މަޢުލޫމަތުދެއްވައެވެ.

ދަރިވަރުން ކްލާސްތަކަށް ވަނުމުގެކުރިން އެޗްޕީއޭއިން ކަޑަ އަޅާފައިވާ ގޮތަށް ބްލިޗް ސޮލިއުޝަން ބޭނުން ކޮށްގެ ކުލާސްތައް ޑިސްއިންފެކްޓް ކުރާނެ ކަމަވެސް ހަނިމާދޫ ސްކޫލްއިން މައުލޫމަތު ދެއެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުވާން ކަޑައެޅިފައި ވާ ވަގުތަށް ހަޒިރުވާއިރު ދެވިފައިވާ އިރުޝާދު ތަކަށް ސަމާލުކަށް ދިނުމަށް ހަނިމާދޫ ސްކޫލް އިން އިލްތިމާސް ކޮށްފަވެއެވެ.

މިގޮތުން ދަރިވަރުން ސްކޫލް ގޭޓާ ހަމަޔަށް އައުމާއެކު ސްކޫލްގެ ކޮވިޑް ޓާސްފޯހުން ދަރިވަރުންނާ ހަވާލުވާނެއެވެ. އަދި ދަރިވަރުގެ ހުން ހުރީ މިންވަރުބަލާނެއެވެ. 38 ޑިގްރީ ސެލްސިއަސް އަށްވުރެ މަތި ނަމަ ކްލާސްރޫމަކަށް ދަރިވަރުން ނުވައްދާނެއެވެ. ވަގުތުން ސްކޫލްގެ އައިސޮލޭޝަންއަށް ގެންދެވި ކަމާގުޅުން ހުރި އިދާރާތަކަށް އެންގުމާއެކު އެފަރާތުން ޢަމަލުކުރަން ބުނާގޮތަކަށް ޢަމަލުކުރާނެކަމަށްވެސް ހަނިމާދޫ ސްކޫލްއިން މައުލޫމަތު ދެއްވައެވެ.

ދަރިވަރުން ސްކޫލަށް ވަދެގެން ދާއިރު ކުރެހިފައިވާ ނިޝާންތަކަށް ސަމާލުވާން ވާނެއެވެ. އަދި ކުލާސް އެތުރުމަށް ބަދަލު ނުގެނުމަށާއި މުދަރިސްގެ ހުއްދަޔަނުލާ ތެދުވެ އުޅުމަކީ މަނާކަމެކަމަވެސް ސްކޫލް މައުލޫމަތު ދެއެވެ.

ދަރިވަރުން އަތް ދޮވުމަށް 12 ތަނެށް ވަނީ ޚާއްސަކުރެވިފައެވެ. ދަރިވަރުން ވަނުމަށް 3 ގޭޓް ބޭނުން ކުރާއިރު 1ނަންބަރު ގޭޓް އިން ވަނުމަށް ހަމަޖެހުފައި ވަނީ ގްރޭަޓް 9، 10 ގެ ދަރުވަރުނެވެ. އެއީ ހުޅަގުފަރާތު ގޭޓްއެވެ. ގްރޭޓް 6 ، 7، 8 ގެ ދަރިވަރުން ވަނުމަށް ހަމަޖެހިފައި ވަނީ މިހާރުގެ ރަސްމީ ގޭޓް ނެވެ. އެއީ 2ނަންބަރު ގޭޓްއެވެ. ގޭޓް 3 ހުންނާނީ 2ނަންބަރު ގޭޓްގެ އިރުމަތީގައެވެ. މިގޭޓް ބޭނުން ކުރާނީ 4 ،5 ގެ ދަރިވަރުންނެވެ. ދެވަނަދަންފަޅީގެ ދަރިވަރުން ވަނުމަށް ހަމަޖެހިފައި ވަނީ 2ނަންބަރު ގޭޓުންނެވެ. އެއީ 1، 2، 3 ގެ ދަރިވަރުނެވެ.

478 ދަރިވަރުން ކިޔަވަމުންދާ ހަނިމާދޫ ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ ކޭ ޖީ ދަރިވަރުނާއި ސެން ކުލާހުގެ ދަރިވަރުގެ ތެރެއިން މެއިން ސްޓްރީމް ދަރިވަރުން ފިޔަވާ އެހެން ކުދިންނަށް އެކުދިންގެ އައި.އީ.ޕީ އާ ގުޅޭގޮތުށް ގޭގައި ފުރިހަމަ ކުރާ ގޮތަށް ފިލާވަޅު ދޭނެއެވެ. ފިލާވަޅުތައް އާދިއްތަ ދުވަހުގެ ކުރިން މުދައްރިސް އަތުން ހޯދާ ޖެހިގެން އަންނަ އާދިއްތަ ދުވަހުގެ ކުރިން ކްލާހުގެ މުދައްރިސް އާއި ހަވާލު ކުރަން ޖެހޭނެކަމަށް ހަނިމާދޫ ސްކޫލްއިން މަޢުލޫމަތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ