މި ޕްރޮޖެކްޓަކީ އެތަކެއް އަހަރުތަކެއްގެ، މުޅި އުތުރުގެ އެންމެހާ ރައްޔިތުންގެ އިޙްސާސްތަކާއި ގުޅިލާމެހިފައިވާ ފޮނި އުންމީދެއް އަދި ޒަމާންވީ ނުފުދިވާ ހުވަފެނެކެވެ.
އަދުގެ ސަރުކާރުން މި އެއަރޕޯރޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމި ނިންމުމަކީ އަދި މި ބިޔަ މަޝްރޫ ފެށުމަށް ލޯން ފައިނޭންސް ހޯދާ އީ. އައި. އޭ ހަދާ ކޮންޓެކްޓަރުން ހޯދަން އެ ބޭންކް މެދު ވެރިކޮށް ހުޅުވާލުމީ އެންމެހާ ދިވެހިން ، ބޮޑު ތިލަދުންމަތީގެ ރައްޔިތުން އަދިހާއްސަކޮށް ހަނިމާދޫގެ ރައްޔިތުން އުފާ ކުރާނެ ކުރަމުންދާ ކަމެކެވެ.
އެއްވެސް ޝައްކެއް ނެތް މިންވަރަށް ނުހަނުފައިދާ އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެރަށަށާއި މުޅި އުތުރަށް ފައިދާވެގެން ދާނެ މަޝްރޫއެކެވެ.
ނަމަވެސް މި ތަރައްޤީގެ މަޝްރޫގެ މަޢުލޫމާތު ކިހާ ވަރަކަށްތޯ ދިވެހި ރައްޔިތުންނަށް ހުޅުވިފައިވަނީ އަދި ޙިއްސާ ކޮއްފައިވަނީ މީ މިއަދު ސުވާލު ކޮއްލަން ޖެހޭ ހަގީ ގަތެއް!
އެހެނީ މި މަޝްރޫ ކުރިއަށް ގެންދިއުމަށް އެތަކެއް “ލައްކަ” އަކަފޫޓުގެ ބިންތަކެއް އިތުރަށް ހަނިމާދޫގެ ކައުންސިލްގެ އިޙްތިސޯސް ހިނގާ ސަރަހައްދުން ބޭނުންވާފަދަ ގޮތަކަށް އިންޑިއާގެ އެގްޒިން ބޭންކުން ހުޅުވާލި ބިޑުގައި އެއްކަރުދާސް ކުރެވިފައިވާ ކޮންސެޕްޓް ކުރެހުމުގައި ހިމަނާފައިވުން ފުރަތަމަކަމަކަށް ފާހަގަ ކޮއްލަން ޖެހެއެވެ.
ދެވަނަ ކަމަކީ މި އިތުރަށް ބޭނުންވެދާނެ ކަމަށް ލަފާ ކުރާ ބިމަކީ މި އިންޓެނޭޝަނަލް އެއަރޕޯރޓް ހިނގުމާ ކިހާ ވަރަކަށް ގުޅިފައިވާ ބިމުގެ ސަރަހައްދެއްތޯ ކުރެވޭ ސުވާލެކެވެ. އަދި ހަނިމާދޫއަކީ ބިމުގެ އަގު ތިލަދުންމަތީގއި އުފިލިފައިވާ ރަށަކަށްވެ، އެއަރޕޯރޓްގެ ސަބަބުން އެފަދަ ބިމަކުން މުސްތަޤްބަލްގައި ރައްޔިތުމާލިއްޔާއަށް ސީދާ ފައިދާ ބިމުގެ ކުލީގެ ގޮތުގައި ކުރާނެ ކަމަށް ބެލެވޭ ސަރަހައްދަކަށްވާ ހިނދު އެފަދަ ބިމެއް ބަދަލުގައި ރަށަށް އިތުރު އުމްރާނީ ކުރިއެރުމާ ގުޅުން ހުރި މަޝްރޫއެއް ސަރުކާރުން ހުށައެޅުމެއްނެތި ރަށު ކައުންސިލުން ދޫކޮއްލުން އެއީ ރައްޔިތުންނަށް އަދި ރަށުގެ މުސްތަގްބަލަށް އެންމެ ފައިދާ ހުރި ގޮތްތޯ ކުރެވޭ ސުވާލެވެ.

ކީއްވެތޯ މި ބިމާ ގުޅިގެން ސުވާލު އުފެދެނީ؟
1 : އެއަރޕޯރޓް ތަރައްޤީ ކުރާ މި މަޝްރޫއަކީ ދިވެހި ދައުލަތުން އަނބުރާ ދެއްކުމަށް ނަގާ ލޯނަކަށްވެ، އެގްޒިން ބޭންކު ތަކުގެ އާންމު އުސޫލްތަކުގެ ތެރޭޭން އެ ބޭންކެއް ތަމްސީީލް ކުރާ ޤައުމުގެ ކުންފުންޔެއް ޕްރޮޖެކްޓާއި މަތިކޮށް ކުރުވާން ނިންމާފައިވާ އުސޫލް ފުރަތަމަ ކަމަކަށް ފާހަގަ ކޮއްލަމެވެ. މީގެ މާނައަކީ އެގައުމަކަށް މި ލޯނުގެ ސަބަބުން މި ވަނީ ލޯނުގެ ޖުމްލަ އަދަދުގެ 3 ގުނަ ފައިދާ މިހާރުމެ ޔަގީންވެފައެވެ.
- ޒަމާނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯރޓް ނިމުމުން ހިނގުމަށް ނިންމާފައިވަނީ ކޮންފަރާތަކުންތޯ ކުރެވޭ ސުވާލެކެވެ! ސުވާލު އުފެދޭ ސަބަބު. .
ހ. ރީޖަނަލް އެއަރޕޯރޓްސް ޕަބްލިކް ކުންފުންޔަކަށް ބަދަލު ކުރެވިގެން ގޮސްފައިވުމެވެ.
ށ. އަދި ފިނޭންސް މިނިސްޓަރ ޢަމީރް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިފަދަ ޕަބްލިކް ކުންފުނިތަކަށް އިޝާރާތް ކޮށް ދަޢުލަތުގެ މި ފަދަ ބަޔެއް ކުންފުނި ޕްރައިވަޓައަޒް ކޮށް ބިލިއަން ޑޮލަރުގެ އަދަދު ތަކަކަށް ވިއްކާލުމަށް ނިންމެވުމަށް ސަރުކާރުން ގެންދަވާ ވާހަކަ މިއީ ރައްޔިތުން ވިސްނާލަންޖެހޭ ވާހަކައެއް ކަމަށް ފާހަގަ ކޮއްލަމެވެ.
ނ. ނުކުތާ ( ށ) ގައިވާ ފަދަ ނިންމެވުމެއް ނިންމަވައިފިނަމަ މި ބިޔަ މަޝްރޫ ބިނާކޮށް މުސްތަޤްބަލްގައި ހިންގައިގެން ލިބޭ ބޮޑު ފައިދާގެ ބޮޑު ހިއްސާގެ އަދަދެއް ނުވަތަ އެކަށްމެ ޤައުމުން ބޭރުގެ ކުންފުންޔަކަށް 50 އަހަރާ ގާތް އަދަދަކަށް، ދައުލަތަށް އެކުއިޒިޝަން ކޯސްޓް ( ޕްރައިވެޓް ކުންފުންޔަކުން ރީޖަނަލް އެއަރޕޯރޓް ކުންފުނި ދައުލަތުން ގަންނަ އަގު) ފިޔަވާ އިތުރު އާންމްދަނީއެއް ލިބިގެން ދިއުމެއްނެތި އެއަރޕޯރޓް އޮވެދާނެ އޮތުން އަޅުގަނޑުމެން ދިވެހިން ނޯޓު ކޮއްލަން ޖެހެއެވެ.
ވީމާ މިފަދަ އެތަކެއް ސުވާލު ތަކެއް ހުރެމެ މިކަމުގެ ތަފްސީލީ މަޢުލޫމާތް ސަރުކާރުންވިއަސް ކައުންސިލުންވިއަސް ދިވެހި ރާއްޔިތުންނަށް ، ބޮޑު ތިލަދުން މަތީގެ ރައްޔިތުންނަށް ، ހާއްސަކޮށް ހަނިމާދޫ ރައްޔިތުންނަށް ތިލަވާނޭހެން ހާމަކޮންދިނުމަކީ ޒިންމާއެއް ކަމުގަ ދެކެމެވެ.


