ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާރޖް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށް އެމްޓީސީސީއިންބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަޙައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކުރުމަށް ހަމަޖެހިފައި ވާއިރު، 31،575.50 ކިއުބިކްމީޓަރުގެ ސަރަޙައްދެއް، ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 270 މީޓަރުގެ ސަރަޙައްދެއްގައިއެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ހަނިމާދޫ ބަދަރު މަސައްކަތް ކުރަނީ އެމްޓީސީސީ ނެވެ. 2020 ވަނަ އަހަރު މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރީ 57.12 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއު ނިންމަން އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެއް ޕްލޭނިިން މިނިސްޓްރީންވަނީ އެމްޓީސީސީ އަށް ދީފައެވެ.


