ހަނިމާދޫ ބިން ނެގީ ބަޔަކަށް ބިމެއް ދޭކަށްނޫން – އަބްދުލް ޣަފޫރު މޫސާ

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަށް އިތުރު ބިން ނެގީ ދެމެހެއްޓެނެވި ތަރައްގީގެ ވިސްނުމެއްގައި އެއާޕޯޓްގެ މަޝްރޫއު ހިންގުމަށް ކަމަށާއި ބިމެއް ދޭން ކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ގަފޫރު މިހެންބުނީ ވަގުތު ނޫހައް ދެއްވި ބަސްދީގަތުމެއްގައެވެ. މިގޮތުން ގަފޫރު ވިދާޅުވީ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމެއްގައި ކުރިއަށް ގެންދަން ސަރުކާރުގެ ވިސްނުމުގައި ހިމެނޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ގޮތުން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑު ކުރާއިރު އެ އެއާޕޯޓާއި މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުމިނެއް އޮތުމާއި އެއާޕޯޓް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ އިތުރު އިމާރާތްތަކާއި ޓޫރިޒަމަށް ބިމެއް ބޭނުންވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

“އެއާޕޯޓް ރަންވޭ ބޮޑު ކުރާއިރު މިހާރު އެމްއެންޑީއެފް ހެޑް ކުއާޓަރު ހުރި ސަރަހައްދަށް ރަންވޭ އެބަ ފޯރާ، މި ހެޑްކުއާޓަރު ވެސް އެބަ ޖެހޭ ރިލޮކޭޓް ކުރަން، އެހެންވެ ހެޑް ކުއާޓަރު ހިމެނޭ ސަރަހައްދަށް ވެސް ބިމެއް ހޯދަން ޖެހޭނެ ނޫންތޯ،” ޣަފޫރު ވިދާޅުވި ކަމަށް އެ ބަސްދީގަތުމުގައިވެއެވެ.

މިއީ އިންޑިއާއަށް ދިނުމަށް ކުރާ ކަމެއް ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި ޣަފޫރު ވިދާޅުވީ، މިއީ ދިވެހި ދައުލަތުގެ ބިމެއް ކަމަށާއި އެ ބިމުގައި ގާއިމް ކުރާ އެސެޓްތައް ވެސް ލިބޭނީ ދިވެހި ދައުލަތަށް ކަމަށެވެ.

“މިއީ އިންޑިއާއަށް ބިމެއް ދޭކަށް ކުރާ ކަމެއް ނޫން، މުޅިން ވެސް ހަގީގަތެއް ނެތް ވާހަކަތަކެއް އެ ފަތުރަނީ،” ޣަފޫރު ވިދާޅުވި ކަމަށް އެ ބަސްދީގަތުމުގައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ