ހަނިމާދޫ ކައުންސިލުން ގާއިމުކުރާ ޕޭރަންޓްހިޔާ ކުރެހުން ނިންމާ ކައުންސިލާއި ހަވާލުކޮށްފިއެވެ. މިކުރެހުން ތައްޔާރު ކޮށްދެއްވީ ހަނިމާދޫގައި ގާއިމުވެ ތިބަވާ އެމްއެންޑީއެފް ގެ ފަރާތުންނެވެ.
މި ކުރެހުން މިއަދު ހަނިމާދޫ ކައުންސިލާއި ހަވާލު ކޮށްދެއްވީ ބުރިގޭޑިއަރ ޖެނެރަލް އިސްމާއިލް ޝަރީފުއެވެ. ކުރެހުމާއި ކައުންސިލުގެ ފަރާތުން ހަވާލުވެލެއްވީ ހަނިމާދޫ ކައުންސިލްގެ ރައިސް އަބުދުލް ސައްތާރު ހަސަނެވެ.
-/87،000ރ (އައްޑިހަ ހަތް ހާސް ރުފިޔާ) އަށް ވުރެ ގިނަރުފިޔާ ޚަރަދު ވާނެކަމަށް ލަފާކުރެވޭ މި ކުރެހުން އެމްއެންޑީއެފްއިން ތައްޔާރު ކޮދެވާފައި ވަނީ މުޅީން ހިލެއެވެ. އިންޖިނިޔަރިން ކުރެހުމުގެ އިތުރުން 3ޑީ އެނިމޭސަން ވީޑިއޯ ވެސް ވަނީ ތައްޔާރު ކޮށްދެއްވާފައެވެ.
ހަނިމާދޫ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުން މަޑުކޮށްލާނެ ޕޭރަންޓްހިޔާ އެއް ހެދުމަކީ ހަނިމާދޫ ކައުންސިލަށް ހޮވުނު އެމްޑީޕީގެ މެންބަރުންގެ ވައުދެކެވެ.


ޚިޔާލުތައް: