ހަނިމާދޫގެ މޮނިޓަރިންގެ ހާލަތުގައި، ފަރުދީ ޒިންމާގެ މުހިންމުކަން!!

އިޖުތިމާޢީ ފަހުގެ

ނޮވެލް ކޮރޯނާ ވައިރަހަކީ 2020 ވަނަ އަހަރު މުޅި ދުނިޔެ ގުޑުވާލި އެންމެ ހިތާމަވެރި އަދި ބިރުވެރި ބަލިމަޑު ކަމެވެ. ފަރުވާއެއް ނުހޯދި އަހަރަކަށް ވުރެ ގިނަވެ ދިޔައިރު އެތަކެއް ޤައުމަކުން އެތައް މިލިއަން ބަޔަކު މިއަދާ ހަމައަށް މަރުވެ، އަދިވެސް އަނެއްބަޔަކު މި ވައިރަހުގެ ސަބަބުން މަރާ ހަނގުރާމަ ކުރަމުންދާ ބައްޔެކެވެ.

މި ޖަޒީރާ ދިވެހިރާއްޖެވެސް މި ކަމުގެ ތެރޭގައި މިވަނީ ބުރަ އަދި ބިރުވެރި ދުވަސްތަކަކާ ކުރިމަތިލާންޖެހިފައެވެ. އިއްޔެގެ ހަވީރުގެ ވަގުތެއްގައި މިވަނީ ހަނިމާދޫވެސް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތައް ގެނެވިފައެވެ. އަދި ފުރަތަމަ ފަހަރާ ހިލާފަށް މި ރަށުގެ ފްލޫ ކްލިނިކަށް ދެއްކި ޒުވާނަކާއި ސްކޫލް ދަރިވަރެއް ޕޮޒިޓިވް ވެފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 32 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓް ވިކަން ހޯދި ސާމްޕަލްނެގި ތަހުލީލްކުރަން ފޮނުވިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިވަގުތަކީ ހަނިމާދޫގެ ހެލްތުގެ މުއައްޒަފުންނާއި އަދި ކޮވިޑް ޓާސްކް ފޯހަށް ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭ ވަގުތެވެ. މި މޮނިޓަރިންގ އާއި ހަމައަށް އައި އިރު ހެލްތު ސެންޓަރާއި ކައުންސިލް ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ޒިމާދާރު ކަމާއެކު ކޮއްފައެވެ. އަދި މިހާރުވެސް ކުރަމުންދާ ކަން ފާހަގަކުރަންޖެހެއެވެ.

ކައުންސިލްއިން އެޗް ޕީ އޭ ގެ އިރުޝާދުގެ ދަށުން ނެރެފައިވާ ގަވައިދު ތަކަކީ ތިޔަ އެންމެ ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނެރެފައިވާ ފިޔަވަޅު ތަކެކެވެ. އެއްވެސް ފިޔަވަޅަކަށް މި މޮނިޓަރިންގެ ހާލަތުގައި ފަރުވާކުޑަ ނުކުރައްވާށެވެ. މި އީ ފުރާނައެއް ގެއްލިދާވަރުގެ ނުރައްކާތެރި ބަލިމަޑުކަމެކެވެ.

އަދި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގައި ސާފު ސީދާ މަޢުލޫމާތް ހިއްސާ ކުރައްވާށެވެ. ކޮވިޑް ޖެހުމަކީ ޤާނޫނީ ކުށެއްނޫނެވެ، ކޮންމެ މީހަކައްވެސް ޖެހިދާނެއެވެ. ކަރަންޓީނުގައި ތިބި ގެތަކަށް އެއްވެސް ކަމަކު ސިއްރިޔާތުގައިވެސް ގޮސް ނަހަދާށެވެ. އެކަމުގެ ސަބަބުން މުޅި ރަށަށް މިކަމުގެ އަސަރު ފޯރާފާނެއެވެ.

ފަރުދީ ޒިންމާ އަކީ މި ބަލިމަޑުކަމުގައި ވެކްސިން ޖެހުމަށްފަހު މި ވަގުތު އޮތް އެންމެ މުހިއްމު ފިޔަވަޅެވެ. ދުޢާ އަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާގެ އިރާދަފުޅާއެކު މި ޙާލަތުން އަރައިގަނެވި މި ވައިރަސްޖެހިފައިވާ ރައްޔިތުންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ