2017 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ އައި އާޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ހަނިމާދޫގައި ބުކްޝޮޕެއް މިއަދު ހުޅުވައިފިއެވެ.
އައި އާޓްސް ގެ ފަރާތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން މޫސާ ކައުޔަޝް ކައިލް ވިދާޅުވީ މިއީ މިކުންފުނި ވުޖޫދަށް އައުމުގެ މަގުސަދުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށާއި އަބަދުވެސް މިބަލަނީ ރައްޔިތުންނަން ދަތިވާ ކަންތައްތައް ބަލައިގެން ޚިދުމަތް ދިނުމަށްކަމަށެވެ. މިތަނުން ޕުރިންޓް ކުރުމާ ލެމިނޭޓް ކުރުން، އަދި ބައިންޑް ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.

މުޅިން އަލަށް ހުޅުވިގެން ދިޔަ އައި ނޯޓްސް ބުކްޝޮޕްގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 ން 11:00 މެންދުރު 14:30 ން 18:00 އަދި ރޭގަނޑު 20:30 ން 22:00 ށް ލިބިގެންދާނެ ކަމަށްވެސް މޫސާ ކައުޔަޝް ކައިލް މައުލޫމާތު ދެއްވައެވެ.
އައި ނޯޓްސް ބުކްޝޮޕް ހުންނާނީ ހަނދުވަރީމަގު ނުރާނީހިނގުން ގުޅުނު ހަތަރު އަނގޮޅި ކަންމަތީ ނަލަހިޔާގޭގައެވެ.
އައި އާޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަނިމާދޫގައި 2017 ވަނަ އަހަރުން ފެށިގެން ދަނީ އައި ކްލިކްގެ ނަމުގައި ފޮޓޯ ނެގުމުގެ ޚިދުމަތް ވެސް ދެމުންނެވެ.


