ކޮވިޑް 19ގެ މިހާލަތުގައި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާއިން ރައްޔިތުންގެ ޒަރޫރި ބެނުންތަކަށް ހުއްދަދިނުމަށް ކަނޑައަޅާ އުސޫލުތައް

ހަނިމާދޫ އިޖުތިމާޢީ ފަހުގެ

ނޯޓް : ތިރީގައި މި ދަންނަވާ އުސޫލްތަކާ އެއްގޮތަށް ހުއްދަ ލިބުމުގައި މިވަގުތު ކަރަންޓީނުގައި ގޭގައި މަޑުކުރުމަށް އަންގާފައިވާ ފަރާތްތަށް އިސްތިސްނާ ވާނެއެވެ.

މަސްވެރިން:

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

  • މިވަގުތުން ފެށިގެން ޑައިރެކްޓް ކޮންޓެކްޓްވީ ފަރާތްތަކުގެ ސާމްޕަލްތަށް ލިބެންދެން، މަސްވެރިންނަށް މަހަށް ދެވޭނީ މަސްދޯނީގައި ދޯނީގެ ހުރިހާ މަސްވެރިން މަޑުކުރާގޮތަށެވެ. ނުވަތަ ވަކިގެއެއް ހިފައިގެން (ދޯނިން ގެޔަށް ދާގޮތަށް) އެ ގެއެއްގައި ވަކިން ތިބޭގޮތަށެވެ.
  • މި ދެންނެވިގޮތަށް އަމަލުކުރުމަށްޓަކައި ހަނިމާދޫ ކައުންސިލްގެ ނަންބަރު 7440028 އަށް ގުޅުއްވާ ދޯނީގައި، ނުވަތަ ގެއެއްގައި ވަކިން ތިބޭނެ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

މަސައްކަތްކުރާ ގުރޫޕްތަށް / މަސައްކަތް ކުރާ ވަކި ފަރުދުން:

މަސައްކަތްކުރާ ގުރޫޕްތަށް:

  • މަސައްކަތްކުރާ ގުރޫޕްތަކުން މަސައްކަތުދެވޭނީ، މަސައްކަތްކުރާ ސައިޓުން މަސައްކަތްކުރާ މީހުން ތިބޭ ގެއަށެވެ. އިތުރު ދިމާލަކަށް މަސައްކަތްކުރަން އެ ގުރޫޕްގައި ހިމެނޭއެއްވެސް ފަރުދަކަށް ހުއްދަ ދީފައިވާ ސައިޓްނޫން އެހެން ތަނަކަށް ނުދެވޭނެއެވެ.
  • މި ދެންނެވިގޮތަށް އަމަލުކުރުމަށްޓަކައި ހަނިމާދޫ ކައުންސިލްގެ ނަންބަރު 7440028 އަށް ގުޅުއްވާ މަސައްކަތު ދާދުވަހު، މަސައްކަތު ދާ ތަނަކާ، އެދުވަހަކު މަސައްކަތު ދާ މީހުންގެ މައުލޫމާތު ދޭންވާނެއެވެ.

މަސައްކަތް ކުރަން ނިކުންނަ ވަކި ފަރުދުން:

  • އަމިއްލަ މަސައްކަތް ކުރުމަށް ނިކުންނަ މީހާ މަސައްކަތް ކުރުމަށް ދެވޭނީ މަސައްކަތް ކުރަން އެދާ ސަރަހައްދަށް
    ( ފަތްކެޔޮދަނޑު، ވެލި ނެގުން، ކާށިހޮވުން، މަސްބޭނުން،) ފަދަ ކަންކަމަށް ކައުންސިލަށް ގުޅުމަށްފަހު ކައުންސިލުން ހުއްދަ ދޭ ވަގުތެއްގެ ތެރޭގައެވެ. އަދި މަސައްކަތް ކުރަން ނިކުންނަ މީހާގެ ގެއިން މަސައްކަތް ކުރާ ސަރަހައްދަށް އެކަންޏެވެ.
  • މި ދެންނެވިގޮތަށް އަމަލުކުރުމަށްޓަކައި ހަނިމާދޫ ކައުންސިލްގެ ނަންބަރު 7440028 އަށް ގުޅުއްވާ މަސައްކަތު ދާދުވަހު، މަސައްކަތު ދާ ތަނަކާ، އެދުވަހަކު މަސައްކަތު ދާ މީހުންގެ މައުލޫމާތު ދޭންވާނެއެވެ.

މަސައްކަތް ކުރަން ނިކުންނަ ވަކި ފަރުދުން:

  • ކައުންސިލުން ހުއްދަދީފައިވާ ފަރާތްތަކުގެ އިތުރުން، ނުވަތަ ފާސް ދޫކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ޒަރޫރީ ބޭނުމެއްގައި ނިކުންނަން ޖެހިއްޖެ ކޮއްމެ މީހަކަށްވެސް މި ކައުންސިލަށް ގުޅުމަށްފަހު ކައުންސިލްގެ ހުއްދައެއް ދިނުމުންނޫނީ ބޭރަށް ނިކުމެއެއް ނޫޅެވޭނެއެވެ. މިހާލަތުގައި ޒަރޫރީ ބޭނުން މާނަކުރާނީ ރައްޔިތުމީހާގެ މާލީ ހާލަތާއި، ފުރާނައަށް ގެއްލުންވާފަދަ ކަންކަމާއި، ދިރިއުޅޭ ގެ ފިޔަވާ އެހެން ގެއަކަށް ކޮއްމެހެން ދާން ޖެހޭމީހާއެވެ. މި ދެންނެވި ކަންތައް ފިޔަވައި ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިއްމާނީ މި ކައުންސިލުންނެވެ.

ނޯޓް : މި ކަންކަން ދެމިއޮންނާނީ، ނުވަތަ ބަދަލުގެންނާނީ ހަނިމާދޫގައި މިހާރު މި އޮތް ބަލިމަޑުކަމުގެ ހާލަތު މިއައްވުރެއް ރަންގަޅުވެއްޖެ ކަމަށް، ނުވަތަ ގޯސްވެއްޖެކަމަށް ފެނިއްޖެ ހިނދެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ