ޗެމްޕިއަން ބްރެޒިލަށް ރަނގަޅު ފެށުމެއް

ކުޅިވަރު ފަހުގެ

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ވެެނެޒުއޭލާ އަތުން ބްރެޒިލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ލީޑު ނެގިއިރު، މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކުއީނިއޯސްއެވެ. އަދި ބްރެޒިލުގެ ދެވަަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ނޭމާ ޖެހިއިރު، މިއީ އޭރިއާ ތެރެއިން ވެނެޒުއޭލާގެ ޔޯހަން ކުމާނޯ ބްރެޒިލުގެ ޑަނީލޯއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. ދެން މި މެޗުގައި ބްރެޒިލުން ޖެހި އަނެއް ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ބާބޯސާއެވެ.

މި މެޗުން ބްރެޒިލް މޮޅުވިއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު އަނެއް މެޗުން ކޮލަމްބިއާއިން ވަނީ 1-0 ގެ ނަތީޖާއަކުން އެކުއެޑޯ ބަލިކޮށްފައެވެ.

ކޮޕާ އެމެރިކާގެ ކުޅުން އާދީއްތަ ދުވަހުގެރޭ ފެށިއިރު، މި މުބާރާތަކީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި މުބާރާތެކެވެ. ކަމަކު ކޮވިޑް-19 އާ ގުޅިގެން މުބާރާތް މި އަހަރަށް ފަސްކުރިއިރު، މި ފަހުން މުބާރާތް ބާއްވާ ގައުމުވެސް ކޮންމެބޯލްއިން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މިހާރު މުބާރާތް ކުރިއަށްދަނީ 2019 ވަނަ އަހަރު މުބާރާތް ބޭއްވި ގައުމު ކަމަށްވާ ބްރެޒިލުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ