ހަނިމާދޫ 150 ގޯތި ދޫކުރާއިރު %5 ރަށުން ބޭރުމީހުނަން ދޭން ކައުންސިލުން ނިންމައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ 150 ގޯތި ދޫކުރާއިރު %5 ރަށުން ބޭރުމީހުނަން ދޭން ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން މިފަދައިން ނިންމި އިރު މީގެ ކުރިވެސް ވަނީ ހަނިމާދޫ ގިނަ އަދަދަކަށް ރަށުން ބޭރު ފަރާތްތަކަށް ގޯތި ދޫކޮށްފައެވެ. އެގޮތުން މައުލޫމާތު ކުށަކަށް ނުވާނަމަ ލާމަރުކަޒީ އުސޫލުން 1992 ވަނަ އަހަރުން ފެށިގެން ދޫކުރަން ފެށުނު ގޯތި ތަކުން ފެށިގެން ހަނިމާދޫ ރަށްވެހިން ނޫން މީހުންނަށް މިހާތަނަށް ޖުމްލަ 112 ގޯތި ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ލާމަރުކަޒީ އުސޫލުން ދޫކުރެވުނު 4000 އަކަފޫޓުގެ 95 ގޯތި ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ބޯހިޔާވަހިކަމަށް ގެވަޅު ދޫ ނުކުރާތާ 10 އަހަރަށްވުރެއް ގިނަ ދުވަސް މިވަނީ ވެފައެވެ. ފާއިތުވި ކައުންސިލުން ގެ ވަޅަށް އެދި ހުށައަޅާފައިވާއިރު، އެދިފައިވަނީ ހުއްދަ ލިބޭ އަދަދުގެ %5 ރަށުން ބޭރު ފަރާތްތަކަށް ދިނުމަށެވެ.

ނަން ނުޖެހުމަށް ސަރުތުކޮށް ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރި ހަނިމާދޫ ކައުންސިލްގެ ކައުންސިލަރަކު ވިދާޅުވީ މިހާރު 150 ގޯތި ދޫކުރަން ހުއްދަ ލިބިފައި ވާކަމަށެވެ. އަދި އެގޯތިތައް ދޫކުރާއިރު ޝަރުތަކަށް އޮތީ ކައިވެނިކޮށްގެން އުޅޭދެމަފިރިންނަށާއި އެކަނިވެރި މައިންނާއި ބަފައިނަށް ކަމަށެވެ. މީގެ އިތުރުން ކުރީގެ ކައުންސިލް ނިންމާފައިވާގޮތަށް %5 ރަށުން ބޭރު ރައްޔިތުންނަން ދިނުމަށް ކަމަށެވެ.

އިތުރަށް ވިދާޅުވީ އެންމެ ގެއެއްވެސް ރަށުން ބޭރު ފަރާތަކަށް ދޭން ނޭދޭކަމަށާއި ރަށުގައި ދިރިއުޅޭ ރަށުގެ ދަރިންނަން ކުރިމަތި ވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުން އެއީ އަޅުގަނޑު ބޭނުންވާ ގޮތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ