ހަނިމާދޫ މޮނިޓަރިންގެ މިހާލަތުގައި އަމަލުކުރުމަށް ގެނެވުނު އިސްލާހު – ތިލަދުންމަތީ ދެކުނުބުރި ހަނިމާދޫ ކައުންސިލް އިދާރާ

ހަނިމާދޫ ފަހުގެ

މިއުސޫލަށް ޢަމަލުކުރަން ފަށާއިރު ކަރަންޓީނުގައި ތިބި އެއްވެސް ފަރާތަކަށް މިއިސްލާހުގެ ދަށުން އެއްވެސް ލުޔެއް ނުދެވޭނެ އެވެ. މިއިސްލާހަށް ޢަމަލުކުރަން ފަށާނީ 2021 ޖޫންމަހުގެ 17 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

  1. ކަރަންޓީންކުރުން:

ހ. ހދ.ހަނިމާދޫގައި ކަރަންޓީން ކުރުމުގައި މިއަދުންފެށިގެން އަމަލުކުރާނީ، ކޮވިޑް 19 އަށް މީހަކު ފައްސިވުމުން އެފަރާތެއް ކަރަންޓީން ކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ށ. ކޮވިޑް 19 އަށް ފައްސިވެފައިވާ ފަރާތާ ޑައިރެކްޓް ކޮންޓެކްޓްވީ ފަރާތް ކަރަންޓީން ކުރެވޭނެއެވެ.

ނ. ޑައިރެކްޓް ކޮންޓެކްޓްވި ފަރާތް ކޮވިޑް 19 އަށް ފައްސިވެއްޖެނަމަ އެ ގެއެއް އެކޮށް ކަރަންޓީން ކުރެވޭނެއެވެ.

ރ. ޑައިރެކްޓް ކޮންޓެކްޓްވި ފަރާތް ވަކި އިމާރާތެއްގައި ނުވަތަ ވަކިން ގެއެއްގައި ކަރަންޓީނު ވެފައި ހުރިނަމަ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތް ނައްސި ވުމުން ގޭގައި ދިރިއުޅޭ އެހެން ފަރާތްތައް ދޫކޮށްލެވޭނެއެވެ.

  1. މީހުންދިރިއުޅޭގެއެއްގައި ކަރަންޓީންކުރުން:

ހ. މި ހާލަތުގައި މީހުންދިރިއުޅޭ ގެއެއްގައި ކޮވިޑް 19 އަށް ފައްސިވެފައިވާ ފަރާތް އެކަހެރި ކުރެވޭނީ، އެއް ގޯއްޗެއްގެ ވަށާފާރުތެރޭގައި ވަކިން އިމާރާތް ކޮށްފައިވާ ދެވަނަ އިމާރާތެއް ވާނަމައެވެ. (ވަކިން 02 އިމާރާތެއް ހުރެ، ފޫޓުފާރުން ބޭރަށް ނިކުމެވޭގޮތަށް 02 ދޮރާޓެއްހުރުމާއިއެކު، ގޭތެރޭން އެއް އިމާރާތެއްގައި ދިރިއުޅޭމީހުންނާ، އަނެއް އިމާރާތުގައި ދިރިއުޅޭ މީހުން ބައްދަލު ނުވާނޭހެން، ޓާސްފޯހުންގަބޫލުކުރާގޮތަކަށް ވަކިކުރެވިފައި ހުންނަންވާނެއެވެ.)

  1. ކަރަންޓީންކޮށްފައި ހުންނަ ގޭގެއަށް ވަދެ ނިކުތުން:

ހ. މި އިސްލާހުގެ 01 ވަނަ މާއްދާގެ ‘ރ’ ގައި ބާޔާންކޮށްފައިވާ ގެތަކަށް އެގެއެއްގައި ދިރިއުޅޭ ފަރާތްތައްފިޔަވާ އާއްމުންނަކަށް ވަދެނިކުމެއެއް ނޫޅެވޭނެއެވެ.

ށ. 02 ވަނަ މާއްދާގެ ‘ހ’ ގައި ބަޔާންކޮށްފައިވާގޮތަށް ހަދާފައިވާ ގެއެއްނަމަ، އެ ގެއެއްގައި ދިރިއުޅޭމީހުންކަމުގައިވިނަމަވެސް، އެ ގެއަކަށް ވަދެވޭނީ އެކަހެރި ކޮއްފައިހުރި ފަރާތް ބޭނުންކުރާ އިމާރާތް ފިޔަވާ އަނެއް އިމާރާތަށެވެ.

ނ. އެކަހެރިކޮށްފައިވާ ފަރާތަށް ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ދޮރާށި، އެ ގެއަށް ވަދެ ނިކުތުމުގައި، އެހެންމީހުން ބޭނުންކޮށްގެން ނުވާނެއެވެ.

  1. އެކަހެރިކޮށްފައިވާ ފަރާތަށް ޒަރޫރީ ހިދުމަތް ފޯރުކޮށްދިނުން:

ހ. އެކަހެރި ކުރެވިފައިވާ ފަރާތަށް ޒަރޫރީ ހިދުމަތް ފޯރުކޮށްދިނުމުގައި، ބޭރުން އަންނަ ފަރާތުން ހިދުމަތްދޭންވާނީ އަންގި، މާސްކު، އަޅައިގެންނެވެ.

ށ. އެކަހެރި ކޮށްފައިވާފަރާތަށް ޒަރޫރީބޭނުމެއްގައި ގެންނަ ތަކެތި އަތުން އަތަށް ހަވާލުކޮށްގެންނުވާނެއެވެ.

ނ. އެކަހެރިކޮށްފައިވާ ފަރާތަށް ގެންނަ ތަކެތި ބަހައްޓަންވާނީ އެކަމަށް ހާއްސަކުރެވިފައިވާ ގޮނޑިއެއްފަދަ އެއްޗެއްގައެވެ. އަދި އެ ގޮނޑި، ނުވަތަ އެނޫންވެސް އެއްޗެއް ބަހައްޓާއިރު ބެހެއްޓިފައިހުންނަންވާނީ ދޮރާށިކުރިމަތީ ނުވަތަ ދޮރާށިން ބޭރުގައެވެ.

ރ. ކަރަންޓީނުގައި ހުންނަ ފަރާތަށް ކާއެއްޗެހި ގެންދަންވާނީ އަނބުރާ ނުގެންދާފަދަ ގޮތަކަށް، ޑިސްޕޯސަބަލް ތަށި ފަދަ ތަކެތި ބޭނުންކޮށްގެންނެވެ.

ނޯޓް: މި އިސްލާހުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމަކާމެދު ގޮތެއް ނިއްމާނީ، ހަނިމާދޫ ސިއްހީ މަރުކަޒާއި، ހަނިމާދޫ ކައުންސިލް އިދާރާއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ