ފިންލެންޑް އަތުން ރަޝިއާއަށް މޮޅެއް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ދެވަނަ މެޗުގައި ފިންލެންޑް އަތުން ރަޝިއާ މޮޅުވެއްޖެއެވެ.

ސެއިންޓް ފީޓަސްބާގްގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ބުދަ ދުވަހު ހަވީރު ކުޅުން މެޗު ރަޝިއާއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 4 ވަނަ މިނެޓުގައި ފިންލެންޑުގެ ޔޮއެލް ޕޮހްޔަންޕަލޯ ލަނޑު ޖެހިނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މެޗުގައި ރަޝިއާއިން ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަންދްރީ މުސްތާވޮއި އެވެ.

މެޗުގެ ދެވަނަ ހާފުގައި ރަޝިއާއިން އެ ޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު މި ހާފުގައި ރަޝިއާއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ރަޝިއާގެ އާޓޭމް ޒޫބާއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ޒޫބާއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީ ގައި ހިމެނޭ ބެލްޖިއަމް، ރަޝިއާ އަދި ފިންލެންޑަށްވެސް ތިން ޕޮއިންޓް ވަނީ ލިބިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ